މޯލްޑިވްސް ޕޮލިސް ސާވިސް

ތިޖޫރީއެއް ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފި

ކޮލަމާފުށި: ތިޖޫރީ އެއް ވަގަށް ނެގި މައްސަލައިގައި ދެމީހަކު ހައްޔަރުކޮށްފި
0%
0%
0%

ގއ. ކޮލާމުށި ގެއެއްގެ ތިޖޫރީ ވަގަށް ނެގި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފައި ވާކަމަށް ފުލުހުން ބުނެފި އެވެ.

ކޮލާމަފުށި ގެއަކުން ތިޖޫރީ އެއް ވަގަށް ނަގާފައިވަނީ ރޭ 10:46 ހާއިރު އެވެ. މިވައްކަމާ ގުޅިގެން ފެށި ތަހުގީގުގައި ފުލުހުން ވަނީ ތިޖޫރިގައި ހުރި 12،000 ރުފިޔާ ހޯދާފަ އެވެ.

ތިޖުރީގައި ހުރި 12،000 ރުފިޔާއިން 11،010 ރުފިޔާ ފުލުހުން ހޯދީ ތިޖޫރި އެއްލާލައިފައި އޮތް ވަލު ތެރެއިން ކަމަށް ފުލުހުން ބުނި އެވެ. އަދި ބާކީ 990 ރުފިޔާ ހޯދާފައިވަނީ މިމައްސަލަިގައި ހައްޔަރުކުރި މީހާ އަތުން ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މިވައްކަމާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، 32 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނަކެވެ. މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345