އެމްއެންޑީއެފް

އިންނަމާދޫ ފަޅު ތެރެއަށް ބޯޓެއް އަޑިއަށް ހިނގައްޖެ

ރ. އިންނަމާދޫ ފަޅުތެރެއަށް މުދާ އުފުލާ ބޯޓެއް އަޑިޔަށް ދިޔުމާ ގުޅިގެން އެމްއެންޑީއެފް އިން އެބޯޓޫ ފުން ކުރުމުގެ މަސައްކަތް ކުރަން ފަށައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ "މިހިރީ 5" ނަމަކަށް ކިޔާ މި ބޯޓަކީ މާލެއިން ފުރައިގެން ރ. އިންނަމާދޫ އަށް ދިޔަ ބޯޓެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބޯޓުގައި އެއް މިލިއަން ރުފިޔާގެ މުދާ ހުއްޓެވެ.

ބޯޓު އަޑިއަށް ދިޔުމުން، ބޯޓު ފުން ކުރުމުގައި އެންމެ ފުރަތަމަ ހަރަކާތްތެރިވެފައިވަނީ ފުލުހުންނެވެ. ފުލުހުން ބުނީ މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށެވެ.

ބޯޓު ފުންކުރުމުގެ މަސައްކަތުގައި އިންނަމާދޫ ރައްޔިތުންގެ އިތުރުން ކައިރި ރަށްރަށުގެ މީހުންވެސް ވަނީ އެހީވެދީފަ އެވެ.

ފުލުހުން ބުނީ އެބޯޓުގައި ހުރީ ކާޑުގެ ބާވަތްތަކާއި ހިލެ ވެލި ކަމަށެވެ.