ރިޕޯޓް

އެމްއައިބީ އެއް ފުރާޅެއްގެ ދަށަށް: ހިދުމަތަށް ފަހިކަން!

Mar 1, 2019
3
އެމްއައިބީގެ މައި އޮފީސް:މި އާ އިމާރާތުން އެ ބޭންކުގެ ހުރިހާ ހިދުމަތްތަކެއް ލިބެން ހުރޭ -- ފޮޓޯ: އަހުމަދު ޝުރާއު| އަވަސް
0%
100%
0%

ދާމީހާއަށް ހަމަޖެހިލައިގެން ހިދުމަތް ހޯދޭނެ މާހައުލެއް ގާއިމް ކުރަން ބުރަ މަސައްކަތެއް ކޮށްފައި ވެއެވެ. އިމާރާތުގެ ތެރެއިން އިހުސާސް ވަނީ ތަނަވަސް ކަމެވެ. މިއީ ހ. ޒިޔާރަތްދޮށުގޭގައި، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ހުޅުވި އާ އޮފީހެވެ. އޮފީހުގެ އެންމެ ތިރީ ބައިގައި ހަތް ކައުންޓަރު ހުރެ އެވެ. އަދި ސިޑިއަކުން މައްޗަށް އެރޭ ގޮތަށް ހުންނަ އަނެއް ފްލޯގައި އިތުރު 17 ކައުންޓަރާއެކު ޖުމްލަ 24 ކައުންޓަރު ހުރެ އެވެ. އާ އޮފީހާއެކު އެމްއައިބީގެ ހިދުމަތްތަކަށް ބޮޑު ބަދަލެއް އައުމުގެ އުންމީދު ބޮޑެވެ.

"އެއް ފުރާޅެއްގެ ދަށަށް ހުރިހާ ހިދުމަތެއް ބަދަލު ކުރުމުން ލިބޭނެ އެންމެ ބޮޑު ފައިދާއަކީ ކަސްޓަމަރުންނަށް ލިބިގެންދާ ފަސޭހަ. ކުރިން އެކި އިމާރާތްތަކުގައި ދެމުންގެންދާ ހިދުމަތްތައް މިހާރު އެއް ފުރާޅެއްގެ ދަށުން ލިބެން ފެށުން،" އެމްއައިބީގެ މާކެޓިން އެންޑް ޕީއާރް އަހްސަން ޖަމީލް ވިދާޅުވި އެވެ.

މި އިމާރާތަށް ބަދަލުވުމާ އެކީގައި އެ ބޭންކުގެ މުހިންމު ގިނަ ޕްރޮޑަކްޓްތަކަށް ވެސް ބަދަލު ގެނައުމަށް ވެސް ދަނީ ތައްޔާރު ވަމުންނެވެ.

އެމްއައިބީގެ މައި އޮފީސް:މި ތަނުން އެ ބޭންކުގެ ހުރިހާ ހިދުމަތްތަކެއް ލިބެން ހުރޭ -- ފޮޓޯ: އަހުމަދު ޝުރާއު| އަވަސް

އަހްސަން ވިދާޅުވީ އެ ބޭންކުން ދޫކުރާ މުހިންމު ޕްރޮޑަކްޓަކަށް ބޮޑު ބަދަލެއް ގެންނަން ތައްޔާރު ވަމުން އަންނަ ކަމަށާއި އެ މައުލޫމާތު ވަރަށް އަވަހަށް ހިއްސާ ކުރާނެ ކަމަށެވެ.

ދަރުމަވަންތަ ސްކޫލުގެ ވަގުތީ އިމާރާތުގެ ކުރިމައްޗަށްވާ ގޮތަށް ހުރި އެމްއައިބީ އޮފީހުން އެމްއައިބީގެ ކަސްޓަމަރުންނަށް ލިބޭނެ އަނެއް ފަސޭހައަކީ ފައިސާ ޖަމާކޮށް، ނެގޭނެ އޭޓީއެމް ވެސް ހުރުމެވެ. ސްކޫލްގެ ދޮރާ ދިމާއަށްވާ ގޮތަށް ހުރި އޭޓީއެމް ސެންޓަރުގައި ހަތަރު އޭޓީއެމް ހުރެ އެވެ.

އެއް އޭޓީއެމް ހާއްސަކޮށްފައި ވަނީ ފައިސާ ޖަމާ ކުރާށެވެ. އެއް އޭޓީއެމުން ޗެކް ޖަމާ ކުރެވޭނެ އެވެ. އަދި އަނެއް ދެ އޭޓީއެމްއަކީ ފައިސާ ނެގޭނެ އޭޓީއެމެވެ. މީގެ އިތުރުން ވެސް ފައިސާ ނަގާ ޖަމާ ކުރެވޭނެ އޭޓީއެމެއް ވަރަށް އަވަހަށް ހަމަ އެ ދިމާލުގައި ބަހައްޓާނެ އެވެ.

މާލެ އެކެއް ފެބްރުއަރީ 2019:އެމްއައިބީގެ މައި އޮފީސް:މި ތަނުން އެ ބޭންކުގެ ހުރިހާ ހިދުމަތްތަކެއް ލިބެން ހުރޭ- ފޮޓޯ: އަހުމަދު ޝުރާއު| އަވަސް

އެމްއައިބީގެ ހުރިހާ ހިދުމަތެއް މިވަނީ އެއް އިމާރާތަކަށް ބަދަލުވެފަ އެވެ. މިއާއެކު ކުރިން އެކި އިމާރާތްތަކަށް އެ ބޭންކުގެ ހިދުމަތް ހޯދަން ދާން ޖެހުން ނިމުމަކަށް އައީ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އަހްމަދު

ހެންވޭރުގައި ޒިޔާރަތްދޮށުގެ އެއް ނުހުންނާނެ. ޒިޔާރަތްދޮށުގެ ހުންނާނީ މާފަންނުގައި. އެމްއައިބީގެ އާ އޮފީސް ތިޔަހުރީ ހ. މެދުޒިޔާރަތްދޮށުގެ ކިޔާގޭގައި. ނޫސްވެރިން ވާންވާނީ ތަންދޮރުފިލާ ބަޔަކަށް.

ކަސްޓަމަރެއް

ބަލަ މާލޭގައި ތިޔަ ބޭންކުގެ އޭޓީއެމް ނެތްތަން ތަނުގައި އޭޓީއެމް ބަހައްޓާބަލަ އޭރުން ކަސްޓަމަރަށް މާފަސޭހަ ވާނެ ، ކޮންމެސް މީހަކަށް ފައިސާ ދޭން ވެގެން ތިތަން ކުއްޔަ ހިފީ ކީއްވެތޯ ތިޔަ ބޭންކުން ހުޅުމާލެއިން ބިމެއް ގަނެގެން ބޭންކުގެ ބޮޑު އިމާރާތެއް އަޅާބަލަ އޭރުން މާރަގަޅުވާނެ !

އެމްއައިބީ

ހުޅުމާލޭގައި މިހާރުވެސް އެމްއައިބީގެ ގޮތްޕެއް އިނދޭ! ވާނުވާ ބަލާފަ ފާޑުކިޔާ!

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345