ރިޕޯޓް

ބޭންކިން ދާއިރާ: ބޮޑު ކުރިއެރުމާއެކު ރައުސުލްމާލް 12 ބިލިއަނަށް!

ރާއްޖޭގެ އިގްތިސޯދުގެ ހުރިހާ ބަހާ ތަކެއް ވެސް މިދިޔަ އަހަރު ހުރީ ވަރުގަދަ ކޮށެވެ. ހާއްސަކޮށް ރާއްޖޭގެ މާލީ ދާއިރާ މިދިޔަ އަހަރު ވަރުގަދަ އެވެ. މަރުކަޒީ ބޭންކުން އާއްމުކުރި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައިވާ ގޮތުން މިދިޔަ އަހަރު ވަނީ ރާއްޖޭގެ ބޭންކިން ސެކްޓާއަށް ބޮޑެތި ކުރިއެރުން ލިބިފަ އެވެ. ބޭންކިން ދާއިރާގައިއަށް ބޭންކެއް ރާއްޖޭގައި ހިދުމަތްދެ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ހިއްސާ އޮންނަ ތިން ބޭންކާއި، ރާއްޖޭން ބޭރުގެ ބޭންތަކުގެ ހަތަރު ގޮތްޕާއި، ބޭރު ބޭންކެއްގެ ސަބްސިޑިއަރީއެއް ހިމެނެ އެވެ.

އެމްއެމްއޭގެ ރިޕޯޓެއްގައިވާ ގޮތުން މިދިޔަ އަހަރު ރާއްޖޭގެ ބޭންކިން ދާއިރާ ހަރުދަނާކަންމަތީގައި ހުރިއިރު، ބޭންކުތަކުގެ ހާލަތު އަންގައިދޭ މުހިންމު މިންގަނޑުތައް ކަމަށްވާ ރައުސްމާލާއި އެސެޓްތަކުގެ ފެންވަރު ވަނީ 2017 ވަނަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑަށް ރަނގަޅުވެފަ އެވެ. ހަމައެއާއެކު، ބޭންކުތަކަށް ލިބުނު ސާފު ފައިދާ މަތިވެ، ފައިދާގެ މިންވަރު ދެނެގަތުމަށް ބަލާ ރޭޝިއޯތައް ވެސް ހުރީ ވަރަށް ހަރުދަނާކޮށެވެ. ބޭންކުތަކުގެ އެސެޓްތަކުގެ ބޮޑު ބައެއް ބަހައްޓާފައި ހުރީ ރިސްކް ކުޑަ އެސެޓް ތަކުގައި ކަމަށް ވުމާއެކު، ބޭންތަކުގެ އެސެޓްތަކުގެ ރިސްކްގެ ނިސްބަތުން ރައުސްމާލުގެ މިންވަރު ހުރީ 44 ޕަސެންޓް ގަ އެވެ.

ބޭންކުތަކުގެ ޖުމުލަ އެސެޓްގެ ނިސްބަތުން ރައުސްމާލު ހުރީ މަދުވެގެން ހުންނަންޖެހޭނެ ކަމަށް އެމްއެމްއޭ އިން ކަނޑައަޅާފައިވާ މިންވަރަށް ވުރެ މަތީގަ އެވެ. ނެޓް އެސެޓްގެ ނިސްބަތުން ރައުސްމާލު މަދުވެގެން ހުންނަންވާނެ މިންވަރަކީ ފަސް ބިލިއަން ކަމަށް ކަނޑައަޅާފައި ވާއިރު މި މިންގަނޑު 2018 ވަނަ އަހަރު ހުރީ 20 ޕަސެންޓް ގައެވެ. އަދި ބޭންކްތަކުގެ ޖުމުލަ ޖުމްމަ ފައިދާ ވަނީ ފަސް ޕަސެންޓް އިތުރުވެ 48 ބިލިއަން ރުފިޔާ އަށް އަރާފަ އެވެ.

ލޯނު ދޫކުރި އަދަދު ހަތް ގުނަ އިތުރުވި

މިދިޔަ އަހަރު ބޭންކުތަކުން ދަރަނީގެ ގޮތުގައި ދޫކޮށްފައިވާ ފައިސާގެ ނިސްބަތަކީ 47 ޕަސެންޓް ނުވަތަ 22.5 ބިލިއަން ރުފިޔާ އަށް އަރަ އެވެ. މިއީ މިއީ 2017 އާ އަޅާބަލާއިރު ހަތް ޕަސެންޓް ނުވަތަ 1.5 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މީގެ ތެރޭގައި ޓްރެޝަރީ ބިލްގެ ނިސްބަތަކީ 19 ނުވަތަ 9.3 ބިލިއަން ރުފިޔާ އެވެ. އަދި ބޭންކުތަކުން އެމްއެމްއޭގެ ރިޒާވް އެކައުންޓްގައި އަދި ރާއްޖެއާ ރާއްޖޭން ބޭރުގެ އެހެނިހެން ބޭންކުތަކުގައި ބަހައްޓާފައިވާ ފައިސާގެ ނިސްބަތަކީ ނެޓް އެސެޓްގެ 27 ޕަސެންޓެވެ.

ގަވައިދުން ފައިސާ ނުދައްކާ ލޯނުގެ އަދަދު ދަށަށް

ބޭންކުތަކުގެ އެސެޓްތަކުގެ ފެންވަރަށް ބަލާއިރު، ގަވާއިދުން ފައިސާ ދައްކަމުން ނުދާ ލޯނުގެ މުޅި ޖުމުލަ ވަނީ 2018
ގައި ދެ ޕަސެންޓް ނުވަތަ 8.41 މިލިއަން ރުފިޔާ އިން ދަށްވެފަ އެވެ. ގަވާއިދުން ފައިސާ ދައްކަމުން
ނުދާ ލޯނުގެ ނިސްބަތް ވަނީ 2017 ވަނަ އަހަރު 10 ޕަސެންޓް ގައި ހުރުމަށްފަހު 2018 ވަނަ އަހަރު ނުވަކައަށް ތިރިވެފައި ވެއެވެ. މީގެ މައިގަނޑު ސަބަބަކީ، މިފަދަ ލޯނުތައް ނުލިބުނު ކަމަށް ބަލާފައި ޚަރަދެއްގެ ގޮތުގައި ރައުސްމާލުން އުނި ކުރެވިފައިވުމެވެ. އެއާއެކު، ލޯނު އަނބުރާ ނުދައްކާނަމަ ރައުސްމާލަށް ކުރިމަތިވާނެ ގެއްލުން ރައުސްމާލުން އުނި ކުރުމަށްޓަކައި ހަރަދެއްގެ ގޮތުގައި ހަދާ ލޯން ލޮސް ޕްރޮވިޝަން ވަނީ ގަވާއިދުން ފައިސާ ދައްކަމުން ނުދާ ލޯނުގެ ޖުމުލަ ފައިސާގެ 96 ޕަސެންޓާ އާ ހަމައަށް ހަދާފަ އެވެ.

ބޭންކުތަކުގެ ޑިޕޮސިޓް ހަ ޕަސެންޓް އިތުރުވި

މިދިޔަ އަހަރު ބޭންކުތަކުގެ ޖުމުލަ ޑިޕޮސިޓް ހުރީ 33.1 ބިލިއަން ރުފިޔާ އަށް އަރާފަ އެވެ. މިއީ، އަހަރުން އަހަރަށް ބަލާއިރު ހަ ޕަސެންޓުގެ އިތުރު އަދަދެކެވެ. ޖުމުލަ ޑިޕޮސިޓް އިތުރުވެފައި ވަނީ ޑިޕޮސިޓްގެ 54 ޕަސެންޓް ކަމަށްވާ ބޭރު ފައިސާގެ ޑިޕޮސިޓް، އަހަރުން އަހަރަށް ބަލާއިރު ނުވަ ޕަސެންޓް އިން އިތުރުވުމުންނެވެ. ޖުމުލަ ޑިޕޮސިޓްގެ ތެރެއިން 791 ޕަސެންޓަކީ ޑިމާންޑް ޑިޕޮސިޓެވެ. އެއާއެކު، ބޭންކުތަކުގެ ނެޓް އެސެޓްތަކުގެ 45 ޕަސެންޓަކީ ފަސޭހަ ކަމާއެކު ކުރު މުއްދަތެއްގައި ފައިސާ އަށް ބަދަލު ކުރެވޭ އެސެޓްތަކަށްވުމުންނާއި ޑިޕޮސިޓްގެ ނިސްބަތުން ލޯނާއި ދަރަނީގެ ގޮތުގައި ދެވިފައިވާ އަދަދު 75 ޕަސެންޓްގައި ހުރުމުން، ލިކުއިޑިޓީ ވެސް ވަނީ މަތީ މިންވަރެއްގައި ހިފެހެއްޓިފަ އެވެ.

ލޯނާއި ދަރަނީގެ ގޮތުގައި ބޭންކުތަކަށް ލިބެންޖެހޭ ފައިސާ އިތުރުވުމުގެ ސަބަބުން ނެޓް އިންޓްރެސްޓް އިންކަމް (އިންޓްރެސްޓްގެ ހަރަދު ކެނޑުމަށްފަހު ލިބިފައިވާ އިންޓްރެސްޓްގެ އާމްދަނީ) ވަނީ ފާއިތުވި އަހަރާ އަޅާބަލާއިރު ހަތަރު ޕަސެންޓް އިން އިތުރުވެފައެވެ. އަދި ނެޓް ނޮން-އިންޓްރެސްޓް އިންކަމް (އިންޓްރެސްޓް ނޫން ހަރަދު ކެނޑުމަށްފަހު ލިބިފައިވާ އިންޓްރެސްޓް ނޫން އާމްދަނީ) ވަނީ ކުރީ އަހަރާ އަޅާ ބަލާއިރު 40 ޕަސެންޓް އިން އިތުރުވެފަ އެވެ. މިކަމާ ގުޅިގެން، ޕްރޮފިޓަބިލިޓީ ރޭޝިއޯސް ވެސް ވަނީ ރަނގަޅު މިންގަނޑެއްގައި ހިފެހެއްޓިފަ އެވެ. ޓެކްސް އުނިކުރުމުގެ ކުރިން ލިބުނު ސާފު ފައިދާ މަތިކޮށް ހުރިއިރު، އެވްރެޖް ރައުސުލްމާލުގެ ނިސްބަތުން ލިބުނު ފައިދާ ހުރީ 15 ޕަސެންޓް ގައެވެ. އަދި، އެވްރެޖް އެސެޓްގެ ނިސްބަތުން ލިބުނު ހުރީ 4 ޕަސެންޓް ގައެވެ. ބޭންކުތަކުގެ ޓެކްސް އުނިކުރުމުގެ ކުރިން ލިބުނު ފައިދާ ވަނީ ކުރީ އަހަރާ ބަލާއިރު 9 ޕަސެންޓް އިތުރުވެ 2018 ވަނަ އަހަރު ލިބުނު ފައިދާގެ ޖުމުލަ އަދަދަކީ 4.2 ބިލިއަން ރުފިޔާ އެވެ. މި އިތުރުވުމުގެ މައިގަ ނޑު ސަބަބަކީ އިންޓްރަސްޓް- ނޫން ގޮތުގައި އަދި އިންޓްރަސްޓް ގޮތުގައި ލިބުނު ފައިދާ އިތުރުވުމާއެކު، ޕްރޮވިޝަންކުރުމަށް ކުރަންޖެހޭ ހަރަދުތައް
ވެސް ކުޑަވެގެން ދިޔުމެވެ.

އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި އަހަރުގެ ތެރޭގައި ހުޅުވުނު އާ ދެ ބޭންކު ގޮތްޕާ އެކު، ބޭންކިން
ސެކްޓާ ވަނީ އިތުރަށް ފުޅާ ވެގެންގޮސްފައިވެ އެވެ. އަދި މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގައި ހުރި ބޭންކު ގޮފީގެ ޖުމުލައަކީ 54 އެވެ. އަދި، އޭޓީއެމްގެ ޖުމުލަ އަދަދަކީ 127 އެވެ. މީގެ ތެރެއިން، 34 ގޮތްޕާ 56 އޭޓީއެމް ގާއިމު ކުރެވިފައިވަނީ މާލެ ސަރަހައްދުން ބޭރު ރަށްރަށުގަ އެވެ.