އަލީ ވަހީދު

ނޭޕާލަށް ރާއްޖެގެ ޓޫރިޒަމް މިނިސްޓަރު ތައުޒިޔާ ފޮނުވައިފި

ނޭޕާލުގެ ޓޫރިޒަމް މިނިސްޓަރު ރަބިންދުރަ އަދިކާރީ އަވަހަރާވުމާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އަދި ޔުތް މިނިސްޓްރީ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަލީ ވަހީދު ތައުޒިޔާގެ މެސެޖެއް އެގައުމުގެ ސަރުކާރަށް ފޮނުވައިފި އެވެ.

ދިވެހި ސަރުކާރައި ދިވެހި ރައްޔިތުންގެ އަދި އަލީ ވަހީދުގެ އަމިއްލަ ނަންފުޅުގައި ފޮނުވި އެތައުޒިޔާގެ މެސެޖުގައި ވިދާޅުވި، ނޭޕާލުގެ ޓުރިޒަމް މިނިސްޓަރު އަވާހަރަ ވުމަކީ އެގައުމަށް ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށެވެ. މިނިސްޓަރު އަލީ ވަހީދު ވަނީ މަރުވި ނޭޕާލް ޓޫރިޒަމް މިނިސްޓަރުގެ އާއިލާއަށް ހަމްދަރުދީ އާއި ހެޔޮއެދުންތަށް ތައުޒިޔާގެ މެސެޖުގައި ފޮނުވާފަ އެވެ،

ނޭޕާލް ޓޫރިޒމް ދަތުރު ކުރެއްވި ހެލިކެޕްޓަރު ވެއްޓިފައިވަނީ، ވެރިރަށް ކަތުމަންޑޫގެ 240 ކިލޯމީޓަރުގެ އިރުން އޮންނަ ޕަތިވާރާއަސް ވަޑައިގެން އެ ސަރަހައްދުގެ ތަރައްގީ ކުރަމުން އަންނަ އެއާޕޯޓުގެ މަސައްކަތް ބައްލަވާލެއްވުމަށްފަހު އެބުރި ކަތުމަންޑޫ އަށް ދަތުރު ކުރައްވަނިކޮށެވެ. މިހާދިސާގައި މިނިސްޓަރުގެ އިތުރުން ހަ މީހަކުވެސް ވަނީ މަރުވެފަ އެވެ.

މިނިސްޓަރު އަލީ ވާހިދު ވަނީ މި ހަ މީހުންގެ އާއިލާގެ މީހުނަށް ވެސް ތައުޒިޔާ ދަންނަވާފަ އެވެ.