ހަބަރު

މޮނީޓަރުކަމާއި އޮބްޒާވަރު ކަމަށް ކުރިމަތިލާން މިރޭގެ 12 އަށް

ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބު އޮބްޒާވް ކުރުމަށާއި މޮނިޓާ ކުރަން ބޭނުންވަ ފަރާތްތަކުން ފޯމް ހުށަހެޅުމުގެ ފުރުސަތު އިތުރުކޮށްފި އެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މޮނިޓަރުކުރުމަށް ބޭނުންވާ ފަރާތްތަކާއި އިންތިހާބު އޮބްޒާވު ކުރަން ބޭނުންވާ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުސަތު މިރޭ 12:00އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

މީގެ ކުރިން އޮތީ މިއަދު ހަވީރު 4:00އާ ހަމައަށް ހުޅުވާލާފަ އެވެ.

މަޖިލިސް އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު އެވެ. ފުރުސަތު ބަންދުވިއިރު، އިންތިހާބުގައި 395 ކެނޑިޑޭޓުން ވާދަ ކުރަން ހުށަހެެޅި އެވެ. ނަމަވެސް ޕްރައިމަރީގައި ބަލިވާ ކެނޑިޑޭޓުންނަށް ވާދަ ކުރެވޭ ގޮތަށް ސުޕްރީމް ކޯޓުން ހުކުމާ އެއްގޮތަށް އީސީ އިން ވަނީ ޕްރައިމަރީއިން ބަލިވި ކެންޑިޑޭޓުންނަށް އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް ފުރުސަތު ހުޅުވާލާފަ އެވެ.