ހަބަރު

އެލާޖިކްވެގެން ސީރިއަސްވި ޒުވާނާ މަރުވެއްޖެ

Feb 28, 2019

ސީފުޑަށް އެލާޖިކް ވެގެން ހާލު ސީރިއަސްވި ޒުވާނާ މިއަދު މަރުވެއްޖެ އެވެ. އޭނާ މަރުވީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.

ހާލު ބޮޑުވެގެން މަރުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު އަހުމަދު އަސްއަދުގެ ދޮށީ ދަރިފުޅު ފާތިމަތު ހަނާ، 24، އެވެ.

ހަނާ އެލާޖިކްވީ ރެސްޓޯރެންޓަކުން ސީފުޑް ކެވިގެންނެވެ. އޭނާއަށް ސީފުޑް ކެވުނީ ރައްޓެއްސެއްގެ ތަށިން ރަހަ ބެލި ގަޑީގައި ކަމަށްވެ އެވެ. ނަމަވެސް އޭނާއާއެކު ކެއުމަށް ދިޔަ އެހެން މީހަކު އެލާޖިކްވެފައެއް ނުވެ އެވެ.

ހަނާއަކީ ކުޑައިރުން ފެށިގެން ވެސް ސީފުޑަށް އެލާޖިކްވާ ކުއްޖެއް ކަމަށްވެ އެވެ.

ކެއުން ނިންމާލުމަށްފަހު ހާލު ގޯސްވާން ފެށުމުން އޭނާ ފުރަތަަމަ ދިޔައީ އައިޖީއެމްއެޗަށެވެ. ބޭސް ފިހާރައަކުން އެލާޖީ ބޭހެއް ކައިގެން ގެއަށް ދިޔަ ފަހުން ހާލު ސީރިއަސް ވެގެން އޭޑީކޭއަށް ގެންދިޔައީ އެވެ.