ވިޔަފާރި

ގެސްޓްހައުސް މާކެޓިން ތަމްރީން ދޭން މޯލްޑިވްސް ގެޓަވޭސް އަށް

Mar 1, 2019

ރާއްޖޭގެ ގެސްޓްހައުސްތަކަށް މާކެޓިން ޕްރޮގްރާމްތަކެއް ހިންގަން، މޯލްޑިވްސް ގެޓަވޭސްއާ ހަވާލުކޮށްފި އެވެ.

ރާއްޖޭގައި ގެސްޓްހައުސްގެ ވިޔަފާރި ޕްރޮމޯޓް ކުރަން އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ މޯލްޑިވްސް ގެޓަވޭސް އަށް މި ޕްރޮގްރާމް ހިންގަން އެމްއެމްޕީއާރުސީން ހަވާލުކުރީ، ގެސްޓްހައުސް ދާއިރާ ތަރައްގީކުރުމަށް މި ސަރުކާރުން ވެފައިވާ ވައުދުގެ ދަށުނެވެ.

އެމްއެމްޕީއާރުސީ އިން ބުނީ އެ ކުންފުންޏަށް މި ޕްރޮގްރާމް ހިންގުމަށް ހަވާލުކުރި ކުރި އިއުލާނާއި ގުޅިގެން ބިޑް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ހޯދައިގެން ކަމަށެވެ.

ގެސްޓްހައުސް މާކެޓިން ސެމިނާތައް ބޭއްވުމަށް ހަމަޖެހިފައިވަނީ 19 މާޗް އިން 20 މެއިގެ ނިޔަލަށް އއ. ތޮއްޑޫ އާއި އއ. އުކުޅަސް އަދި ކ. މާފުއްޓާއި ވ. ތިނަދޫގެ އިތުރުން ބ. ދަރަވަންދޫ އާއި އދ. ދިގުރަށް އަދި އައްޑޫ ސިޓީ އާއި ތ. އަތޮޅުގެ އިތުރުން ހުޅުމާލޭގަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާރު މުޅިރާއްޖޭގައި 521 ގެސްޓްހައުސް ހިންގަމުންދެ އެވެ.