ހަބަރު

"ކޮންމެ ކުލައަކަސް ޔަމަހާ" ޕްރޮމޯޝަން ފަށައިފި

Mar 1, 2019
1
ކޮންމެ ކުލައަކަސް ޔަމަހާ ޕްރޮމޯޝަން އިވެންޓް-- ފޮޓޯ: އަވަސް
0%
0%
0%

"ކޮންމެ ކުލައަކަސް ޔަމަހާ" ނަމުގައި ހާއްސަ ޕްރޮމޯޝަނެއް އެލިއާއިން މިއަދު ފަށައިފި އެވެ.

މި ޕްރޮމޯޝަނަކީ އެލިއާ އިންވެސްޓްމަންޓްސް އަށް 55 އަހަރު ފުރި، އެލިއާ އިންވެސްޓްމަންޓްސް އާއި ޔަމަހާގެ ގުޅުމަށް 45 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ކުރިއަށްގެންދާ ސިލްސިލާ ޕްރޮމޯޝަން ކަމަށްވާ "އެންމެންނަށްވެސް" ގެ ދަށުން ކުރިއަށް ގެންދާ ދެވަނަ ޕްރޮމޯޝަނެވެ.

ޕްރޮމޯޝަން ފަށާފައިވަނީ މިއަދު ހަވީރު ހުޅުމާލެ ބަސް ސްޓޮޕު ސަރަހައްދުގައި އެވެ. މި އިވެންޓް މިރޭ 10:00 އަށް ކުރިއަށް ދާނެ އެވެ. އެއިވެންޓްގެ ތެރެއިން އައިޑީކާޑް ހުށަހަޅައި ވަގުތުން އެގްރީމެންޓްގައި ސޮއި ކުރެވޭނެ އެވެ. އަދި ޑައުން ޕޭމަންޓް 2650 ރުފިޔާ ދައްކައިގެން 125 ސީސީގެ މޮޑެލްގެ ސައިކަލްތައް އިވެންޓްގެ ތެރެއިން ނެގޭނެ ކަމަށް ވެސް އެލިއާއިން ބުންޏެވެ.

އެލިއާއިން ބުނީ، މި ޕްރޮމޯޝަނަކީ ކޭޝް ކަސްޓަމަރުންނަށާއި ކްރެޑިޓް ކަސްޓަމަރުންނަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށާއި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށެވެ. އެގޮތުން ސައިކަލު ނަގާ ކޮންމެ ފަރާތަކަށް ވެސް ދެ ހެލްމެޓް މުޅިން ހިލޭ ލިބިގެންދާނެ ކަމަށާއި އެއްފަހަރާ ފައިސާ ދައްކައިގެން ސައިކަލު ނަގާ ފަރާތްތަކަށް 5000 ރުފިޔާއާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށްވެސް އެލިއާއިން ބުންޏެވެ.

ކޮންމެ ކުލައަކަސް ޔަމަހާ ޕްރޮމޯޝަން އިވެންޓް-- ފޮޓޯ: އަވަސް

އެލިއާއިން ބުނީ، މަހުން މަހަށް ފައިސާ ދައްކާ ގޮތަށް ސައިކަލު ނަންގަވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށައެޅުމުން ވަގުތުން އެއްބަސްވުމުގައި ސޮއިކޮށް، ފެށޭ ހަފްތާގެ ތެރޭގައި ސައިކަލު ހަވާލު ކުރާނެ ކަމަށެވެ. އަދި ޕޯސްޓް ޑޭޓެޑް ޗެކް ބަހައްޓަން ނުޖެހޭނެ ކަމަށެވެ. އަދި ހަމައެއާއެކު މަހުން މަހަށް ފައިސާ ދައްކާ ގޮތަށް ސައިކަލު ނަންގަވާ ފަރާތްތަކަށްވެސް ސައިކަލު ލިބިގެންދާނީ އެފަރާތެއްގެ ނަންމަތީގައި ސީދާ ޕްރައިވެޓް ބޯޑުގައެވެ.

އެލިއާއިން ކުރިއަށްގެންދާ އިންސްޓޯލްމަންޓް ސްކީމަކީ އިސްލާމީ ޝަރީއާ އެއްގޮތްވާ ގޮތުގެ މަތީން ރިބާ ނުހިމެނޭ އިންސްޓޯލްމަންޓް ސްކީމެކެވެ.

މަހުން މަހަށް ފައިސާ ދައްކާ ގޮތަށް ސައިކަލު ނަގާ ފަރާތްތަކަށްވެސް ސައިކަލު ލިބިގެން ދާނީ އެ ފަރާތެއްގެ ނަން މަތީގައި ޕްރައިވެޓް ބޯޑުގަ އެވެ. އަދި މާލެ ފިޔަވާ އެހެން ރަށްރަށުގެ ބޭފުޅުން ސައިކަލް ނަގަން ބޭނުންނަމަ އެލިއާއަށް ގުޅައިގެން އޮންލައިންކޮށް ފޯމް ހުށަހަޅައިގެން ވެސް ސައިކަލް ނެގޭނެ ކަމަށް ވެސް އެލިއާއިން ބުންޏެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޝިމާ ފަޒީލް

ކޮބާ ލިންކް ފޯރމް ޑައުންލޯޑް ކުރަން ބޭނުމޭ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345