ހަބަރު

އެލިއާގެ ބޯޓު އޮޕަރޭޓާސް ޓްރެއިނިން ޕްރޮގްރާމް ނިންމާލައިފި

ޕްރޮގްރާމުގެ ބައިވެރިންނަށް ލިޔުން ހަވާލު ކުރަނީ -- ފޮޓޯ: އަހްމަދު އަޔާދު-އަވަސް
100%
0%
0%

އެލިއާ އިންވެސްޓްމަންޓްސް އާއި މޯލްޑިވްސް އިންސްޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ބޭއްވި ބޯޓް އޮޕަރޭޓާސް ތަމްރީނު ޕްރޮގްރާމުގެ ބަައިވެރިންނަށް ލިޔުން ހަވާލުކޮށްފި އެވެ.

މި ޕްރޮގްރާމަކީ ލޯންޗު ކެޕްޓަނުންނާއި ފަޅުވެރިންނަށް އަމާޒުކޮށްގެން 2014 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ބޯޓު އޮޕަރޭޓާސްގެ ހަވަނަ ޕްރޮގްރާމް ކުރިއަށް ގެންދިޔައީ 45 ބައިވެރިންނާއެކު އެވެ.

ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން، ހަޔާ އެޑިއުކޭޝަންގެ ސްޓޭޓު މިނިސްޓަރު މުހައްމަދު ހާޝިމް ވިދާޅުވީ، ކައްޕިން ފަރުވާކުޑަވުމުގެ ސަބަބުން ކަނޑުމަތީގެ އެތައް ހާދިސާއެއް ހިނގާ ކަމަށެވެ. އަދި، މިކަހަލަ ޕްރޮގްރާމްތަކުގެ ސަބަބުން ކަނޑުމަތީގެ ހާދިސާތައް ހުއްޓުވުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ފާހަގަ ކުރެއްވި އެވެ.

ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހަޔާ އެޑިއުކޭޝަންގެ ސްޓޭޓު މިނިސްޓަރު މުހައްމަދު ހާޝިމް --ފޮޓޯ: އަހްމަދު އަޔާދު-އަވަސް

ޕްރޮގްރާމް ނިންމި ބައިވެރިންނަށް ލިޔުން ހަވާލު ކުރުުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްއައިޓީގެ ފަރާތުން ވާހަކަ ދެއްކެވި އިވާން ލަތީފް ވިދާޅުވީ ޕްރޮގްރާމުގެ އަމާޒަަކީ ސަލާމަތާއި ރައްކާތެރިކަމާއެކު އަމާން ވެއްޓެއް ކަނޑުމަތީގައި ދަތުރުވެރިންނަށާއި ފަޅުވެރިންނަށްވެސް ދިނުން ކަމަށެވެ.

މި ޕްރޮގްރާމްގެ ދަށުން ތިން ދުވަހަށް ބަހާލައިގެން ވަނީ އެކި ހަރަކާތްތައް ހިންގާފަ އެވެ. އެގޮތުން، ފުރަތަމަ ދުވަހު ކުރިއަށް ގެންދިޔަ އަލިފާން ނިއްވަން ދަސްކޮށްދިނުމުގެ ހަރަކާތާއި ދެވަނަ ދުވަހު ކުރިއަށް ގެންދިޔަ ފަސްޓް އެއިޑް ޕްރޮގްރާމް ހިމެނެ އެވެ. ތިން ވަނަ ދުވަހު ޕްރޮގްރާމްގެ ބައިވެރިން ވަނީ ކަނޑުމަތީގައި ދިމާވެދާނެ ހާދިސާތަކުން ސަލާމަތް ވުމަށް ޕްރިވެންޓިވް މެޝާސް ގެ ޕްރެކްޓިކަލް ސެޝަންތައް ކަނޑުމަތީގައި ކުރިއަށް ގެންގޮސްފަ އެވެ.

ޕްރޮގްރާމުގެ ބައިވެރިންނަށް ލިޔުން ހަވާލު ކުރަނީ -- ފޮޓޯ: އަހްމަދު އަޔާދު-އަވަސް

އެލިއާ އާއި އެމްއައިޓީ އިން ހިންގާ މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 211 ކައްޕިން ވަނީ ތަމްރީނު ކޮށްފަ އެވެ. މީގެ ތެރޭގައި ރާއްޖޭން ބޭރުގެ ފަރާތްތައްވެސް ހިމެނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345