ހަބަރު

ރީ ރަޖިސްޓާކުރުން މިރޭ 10:00 އާ ހަމައަށް

Mar 2, 2019

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ރީ ރަޖިސްޓްރީކުރުމުގެ މުއްދަތު މިރޭ 10:00 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

މިއަދު ހަވީރަށް ކުރިން ރީ ރަޖިސްޓްރީކުރުމުގެ މުއްދަތު އޮތީ ހަމަ ގޮތަށެވެ. މިހާތަނަށް ރީ ރަޖިސްޓްރީވުމަށް 8،500 ފޯމް ހުށަހަޅާފައިވާ ކަމަށް ކޮމިޝަނުން ބުނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހު އެވެ.

މި އިންތިހާބަށް ވޯޓާސް ލިސްޓް އިލެކްޝަން ކޮމިޝަނުން ނެރެފައިވަނީ ރިޔާސީ އިންތިހާބަށް ރީ ރަޖިސްޓާކުރި ގޮތަށެވެ. ރިޔާސީ އިންތިހާބަށް ރީ ރަޖިސްޓާކޮށްފައިވާނަމަ، މި އިންތިހާބަށް އަލުން ރީ ރަޖިސްޓާވާކަށް ނުޖެހެ އެވެ.