ވިޔަފާރި

އިންޑިގޯ އިން ރާއްޖެ- ޕޫނޭ ދަތުރު ފަށަނީ

އިންޑިއާގެ ބަޖެޓް އެއާލައިން އިންޑިގޯ އެއާ އިން ރާއްޖެއިން އެ ގައުމުގެ ޕޫނޭ ނުވަތަ ޕޫނާ އަށް ދަތުރުތައް ފަށަން ނިންމައިފި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެއަށް ދަތުރު ފެށި، އިންޑިއޯ އިން ބުނީ އެ ގައުމުގެ ޕޫނޭ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާ ދެމެދު މިމަހުގެ ފަހުކޮޅު ދަތުރު ފަށާނެ ކަމަށެވެ. ނަމަވެސް އެ ފްލައިޓް ޕޫނޭއަށް ދާނީ ބެންގަލޫރުގައި ޖައްސާފައި ކަމަށް ބުނެފައިވެ އެވެ.

އިންޑިގޯ އިން މި ދަތުރު ފެށުމާއެކު، މި ފްލައިޓް ވެގެންދާނީ އެ ގައުމުގެ ޕޫނޭނެއް ދަތުރު ކުރާ ފުރަތަމަ އިންޓަނޭޝަނަލް ފްލައިޓް އަށެވެ.

އިންޑިއާގެ އިންޑިގޯ އެއާލައިން އިން ރާއްޖެއަށް ދަތުރު ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. މި ދަތުރުތައް ކުރަނީ ކޮޗިން އިން ވީއައިއޭއަށް އެއާބަސް އޭ320 މަތިންދާ ބޯޓުގަ އެވެ. މި 130 މީހުންގެ ޖާގަ އޮވެ އެވެ.