ހަބަރު

ހައިކޯޓު، ޕްލާސްޓިކާ ދުރަށް

Mar 3, 2019

އެއް ފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ހައިކޯޓުގައި ބޭނުންކުރުން މަދުކުރުމުގެ ޕްރޮގްރާމް ފަށައިފި އެވެ.

ހައިކޯޓުގައި އޮތް ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާހްކޮށްދެއްވީ، އެ ކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާން އެވެ.

އެއް ފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ހައިކޯޓުގައި ބޭނުންކުރުން މަދުކުރުމުގެ ޕްރޮގްރާމް އިފްތިތާހްކޮށް ދެއްވުމުގެ ގޮތުން، އިސް ފަނޑިޔާރު ޝުޖާއު އުސްމާން ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން ފައްޓަވާފައިވާ ޕްލާސްޓިކް މަދުކުރުމުގެ ޕްރޮގްރާމްގައި، ހައިކޯޓުން ވެސް ބައިވެރިވި ބައިވެރިވުން އުފަލާއެކު ފާހަގަ ކުރެއްވިއެވެ.

އެއް ފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ހައިކޯޓުގައި ބޭނުންކުރުން މަދުކުރުމުގެ ޕްރޮގްރާމް ހައިކޯޓުގައި އިފުތިތާހު ކުރުމުގެ ގޮތުން، ހައިކޯޓުގައި އެންމެ ގިނަ ދުވަހު މަސައްކަތްކުރެއްވި ތިން މުވައްޒަފުންނަށް ބިއްލޫރި ފުޅި ހަވާލުކުރި އެވެ.

އެގޮތުން ހައިކޯޓުގެ އެންމެ ދުވަސްވީ މުވައްޒަފު، ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސާ މަރްޔަމް ރަޝީދާ އަށާއި، އެޑްމިނިސްޓްރޭޓިވް އޮފިސާ ފާތިމަތު ނީޝާ އަދި، އެޑްމިނިސްޓްރޭޓިވް އޮފިސާ ނާހިދާއަށް ބިއްލޫރިފުޅި ހަވާލުކޮށްދެއްވީ އިސްފަނޑިޔާރު ޝުޖާއު އުސްމާންއެވެ.

އެއް ފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ހައިކޯޓުގައި ބޭނުންކުރުން މަދުކުރުމުގެ ޕްރޮގްރާމްގެ ދަށުން، އެ ކޯޓުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް ބިއްލޫރިފުޅި މިހާރު ވަނީ ހަވާލުކޮށްފައެވެ.