ހަބަރު

މަޖިލިސް 19: ރީ-ރަޖިސްޓްރޭޝަނަށް 21،203 ފޯމް

Mar 4, 2019
1

އަންނަ މަހު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން ތަނެއްގައި ވޯޓް ލުމަށް ރީ ރަޖިސްޓާ ކުރަން ހުޅުވާލި މުއްދަތުގައި، 21،203 ފޯމް ރީ ރަޖިސްޓާ ކުރަން ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ރީ- ރަޖިސްޓްރޭޝަނަށް ހުޅުވާލި މުއްދަތު ރޭ ދަންވަރަށް ނިމުނު އިރު، އަކުރަމް ވިދާޅުވި ގޮތުގައި 21،203 ފޯމްގެ ތެރެއިން ތިންބައިކޮށްފަ ދެބައި ހުށަހަޅާފައި ވަނީ ރޭގެ ވަގުތެއްގަ އެވެ. އެހެންކަމުން ރީ-ރަޖިސްޓްރޭޝަން ފޯމްތައް ޕްރޮސެސް ކުރަން ދެ ދުވަހެއްވަރު ނަގާނެ އެވެ. އަދި ފޯމްތައް އެންޓާ ކުރުމަށް ފަހު، ޝަކުވާއަށް އަލުން ވޯޓާޒް ލިސްޓް އާންމުކުރާނެ ކަމަށް ވެސް އަކުރަމް ވިދާޅުވި އެވެ.

އަންނަ އެޕްރީލް ހަވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 264،589 މީހަކަށް ލިބެ އެވެ. އީސީއިން މަޖިލިސް އިންތިހާބަށް ވޯޓާސް ލިސްޓް އާއްމުކޮށްފައިވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓާސް ލިސްޓް އެކުލަވާލި ގޮތަށެވެ. އެހެން ކަމުން އަލުން ރީ ރަޖިސްޓާ ކުރަން ޖެހެނީ، ރިޔާސީ އިންތިހާބުގައި ވޯޓްލީ ތަން ބަދަލުވާނަމަ އެވެ.

މަޖިލިސް 19 ގެ 87 ދާއިރާ އަށް ވާދަކުރަން 403 މީހެއްގެ ފޯމް އީސީއަށް ހުށަހެޅި ނަމަވެސް އަށް މީހެއްގެ ކެންޑިޑެސީ އީސީން ވަނީ ގަބޫލުނުކޮށްފަ އެވެ. އެހެން ކަމުން މިފަހަރު އިންތިހާބުގައި ވާދަކުރާނީ 395 ކެންޑިޑޭޓުންނެވެ.