ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ކުލަ ލާން އުޅުނު ބަޔަކު ވެއްޓި އަނިޔާވެއްޖެ

ވެލާނާ އިންޓަނޭޝަލް އެއާޕޯޓްގައި ތަރައްގީ ކުރަމުންދާ ސީޕްލޭން ޓާމިނަލްގައި ކުލަ ލުމުގެ މަސައްކަތުގައި އުޅުނު ބަންގްލަދޭޝްގެ ދެ މީހަކު މިއަދު ވެެއްޓި އަނިޔާވެއްޖެ އެވެ. މި ހާދިސާ ހިނގީ މިއަދު ހެނދުނެވެ.

ފުލުހުން ބުނީ އެ އިމާރާތުން ވެއްޓުނު ދެ ބީދޭސީންނަށް ފަރުވާ ދިނުމަށް މިހާރު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އެމީހުންނަކީ އިމާރާތުގެ ހަތަރު ވަނަ ބުރީގައި ކުލަ ލާން އުޅުނު ދެ މީހުންނެވެ.

ފުލުހުން ބުނި ގޮތުގައި އެ ދެ މީހުންގެ ހާލު ވެސް ރަނގަޅެވެ. އެކެއްގެ ފައިގެ ކުޑަ ހުޅަށާއި އުނަގަނޑަށް ތަދުވުން ފިޔަވާ އިތުރު ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންދާ ސަރަަހައްދުތަކުގައި ހިތާމަވެރި ހާދިސާތަށް ހިނގުން މިފަހުން ވަނީ އާންމުވެފަ އެވެ. މިދިޔަ މަހު ހުޅުމާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ގާބުރިއެއް ހިނގާފައިދިޔަ މީހެއްގެ ބޮލަށް ވެއްޓި ލިބުނު އަނިޔާތަކާ ގުޅިގެން މަރުވެފައިވެ އެވެ.