ހަބަރު

އަލަށް ހަދާ ކާގޯ ޓާމިނަލުން ވެއްޓި ބިދޭސީއަކަށް އަނިޔާވެއްޖެ

އާ ކާގޯ ޓާމިނަލްގެ ބިލްޑިންގް: އެތަނުން މީހަކު ވެއްޓި މިއަދު ވަނީ އަނިޔާވެފައި- ފޮޓޯ: އެމްއޭސީއެލް
0%
0%
0%

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދަމުންދާ އާ ކާގޯ ޓާމިނަލް އިމާރާތުން ބިދޭސީއަކު ވެއްޓި އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ ބެއިޖިންގް އާބަން ކޮންސްޓްރަކްޝަން ގުރޫޕުން އެއާޕޯޓުގައި ހަދަމުންދާ ކާގޯ ޓާމިނަލް އިމާރާތުގެ އެއް ވަނަ ފަންގިފިލާއިން މީހަކު ވެއްޓިގެން ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 8:20 ހާއިރު ކަމަށެވެ.

އެ ހާދިސާގައި އަނިޔާވެފައިވަނީ 27 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތަކަށެވެ. އެ މީހާގެ ހަށިގަނޑުގެ ބައެއް ތަންތަން ބިނދިފައިވުމުގެ އިތުރުން އިންޓާނަލީ ބްލީޑްވާކަމުގެ މައުލޫމާތު އެއާޕޯޓް ފަސްޓް އެއިޑްގެ ފަރާތުން ލިބިފައިވާކަމަށް ފުލުހުން ބުންޏެވެ.

އެ މީހާއަށް އިތުރު ފަރުވާދިނުމަށްޓަކައި މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާއިރު، އެ ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮންސްޓްރަކްޝަން ދާއިރާގައި ގިނަ ބިދޭސީން މަސައްކަތްކުރާއިރު، އެކަށީގެންވާ ސަލާމަތީ ފިޔަވަޅުތައް އަޅާފައިނެތުމުގެ ސަބަބުން މިފަދަ ގިނަ ހާދިސާތަކެއް ދަނީ ހިނގަމުންނެވެ.

އެ ގޮތުން، މިދިޔަ މަހުވެސް ހުޅުމާލޭގައި ހަދަމުންދިޔަ އިމާރާތަކުން ވެއްޓި އުމުރުން 37 އަހަރުގެ ބަންގްލަދޭޝް މީހަކު ވަނީ މަރުވެފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޖަޒީރާ ބޯއީ

ކީތްކުރާނީ މިސަރުކާރު އައިފަހުން އަބަދުވެސް އޮތީ ކޮންމެސް ގޮތަކުން ކުރެ ގޮތަކުން މީހަކަށް އަނިޔަލެއް ނުވަތަ ދަންތޫރައެއްޖެހުން. އެބަޖެހޭ ކިޔަވާފައި ގައުމަށް ދުންއަޅަން، ކޮންމެވެސް ބޮޑު މުސީބާތެއްގެ އަގަމަތީ މިތިބެވެނީ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345