މަސައްކަތު ދާއިރާގެ އެކްސިޑެންޓްތައް

އިމާރާތަކުން ބިދޭސީއަކު ވެއްޓި އަނިޔާވެއްޖެ

Nov 21, 2019
ހަދަމުންދާ އިމާރާތެއް. ހަދަމުން ދިޔަ އިމާރާތެއްގެ ފުރަތަމަ ބުރިން މިއަދު މީހަކު ވެއްޓި ވަނީ އަނިޔާވެފައި -- ފޮޓޯ: އަވަސް އާކައިވް
0%
0%
0%

މާލޭގައި ހަދަމުން ދިޔަ އިމާރާތެއްގެ މަތިން ބިދޭސީއަކު ވެއްޓިއްޖެ އެވެ.

އެ މީހާ ވެއްޓިފައި ވަނީ ހެންވޭރުގައި ހަދަމުން ދިޔަ އިމާރާތެއްގެ އެއްވަނަ ބުރިންނެވެ. ފުލުހުން ބުނީ ބިދޭސީ އެ މިހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށާއި އޭނާގެ ހާލު ގޯސް ނޫން ކަމަށެވެ.

އިމާރާތުން، މީހާ ވެއްޓިފައި ވަނީ މިއަދު ގާތްގަނޑަކަށް 11:30 އެހާކަންހާއިރު އެވެ.

ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރަމުންނެވެ. މިއަދު އިމާރާތަކުން މީހަކު ވެއްޓުނު އިރު އިއްޔެ ވެސް މިފަދަ ހާދިސާއެއް މާލޭގައި ހިނގި އެވެ. އިއްޔެ ގެއެއްގެ ހަތަރު ވަނަ ބުރިން ވެއްޓި އަނިޔާވެ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނީ ނުކުޅެދުންތެރިކަން ހުންނަ ކުޑަ ފިރިހެން ކުއްޖެެކެވެ

މަސައްކަތު މާހައުލުގެ އެކްސިޑެންޓްތައް ރާއްޖޭގައި ވަރަށް ގިނަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345