ކުށްކުރުން

މާރާމާރި ހިންގުމަށްފަހު ފިލައިގެން އުޅުނު ބަޔަކު ހައްޔަރުކޮށްފި

މާރަމާރީ ހިންގުމަށްފަހު ފިލަައިގެން އުޅުނު ހަތަރު މީހަކު މިރޭ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ މިރޭ 7:05 ހާއިރު ކަމަށެވެ. އަދި އެމީހުން ފިލެގެން އުޅުނީ ޕޮލިސް ސްޓޭޝަންއެއް ނުހުންނަ ރަށެއް ކަމަށްވާ ގދ. ނަޑެއްލާގައި ކަމަށެވެ.

ފުލުހުން ބުނީ އެމީހުން ވަނީ މާޗު ހަތަރު ވަނަ ދުވަހުގެ ރޭ ދަންވަރު 1:05 ހާއިރު ގދ. ފަރެސްމާތޮޑާގެ މާތޮޑާ އަވަށަށް ނިސްބަތްވާ 21 އަހަރުގެ މީހެއްގެ ގައިގާ ތަޅާ މާރާމާރީ ހިންގާފަ ކަމަށެވެ. ހައްޔަރުކުރި ހަތަރު މީހުންނަކީ ފަރެސްމާތޮޑާގެ ފަރެސް އަވަށަށް ނިސްބަތްވާ ބައެކެވެ.

މާރާމާރީގައި 21 އަހަރުގެ މީހާއަށް ސީރިޔަސް އަނިޔާއެއްވެފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.