އިންޑިއަން ފުޑްގެ 100 ވުރެ ގިނަ ވައްތަރާ އެކު، މާލޭގައި ހުންނަށް ޓޫރިސްޓު އެންމެ ބޮޑު އެއް ހޮޓާ ކަމަށްވާ މާގިރި ހޮޓަލުގެ ޕީކް ރެސްޓޯރެންޓް މިރޭ ރަސްމީކޮށް ހުޅުވައިފި އެވެ.
މިރޭ ޕީކް ރެސްޓޯރެންޓް ހުޅުވުމުގެ ގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މާގިރި ހޮޓަލްގެ ފުންޑް އެންޑް ބަވަރޭޖް (އެފްއެންބީ) މެނޭޖަރު އަލީ ނަޖީބް ވިދާޅުވީ، މާގިރި ހޮޓަލްގެ ޓެރެސް މަތީގައި ހުންނަށް އެހޮޓަލްގެ ޕީކް ރެސްޓޯރެންޓުން އިންޑިއާގެ ހުރިހާ ހިސާބެއްގެ ކެއުން ލިބެން ހުންނާނެ ކަމަށެވެ.
މިއީ މާލޭގައި އެއް ރެސްޓޯރެންޓަކުން މިހާ ގިނަ އިންޑިއާގެ ކެއުންތަށް ސާވް ކޮށްދޭ ފުރަތަމަ ރެސްޓޯރެންޓެވެ.
އޭނާ ވިދާޅުވީ، ރެސްޓޯރެންޓް ހުޅުވުމުގެ ކުރިންވެސް އިންޑިއާގެ ކެއުންތަށް މާގިރި ހޮޓަލަށް އަންނަށް ކަސްޓަމަރުންނަށް ސާވް ކޮށްފައިވާ ކަމަށެވެ. އަދި ކަސްޓަމަރުންގެ ފަރާތުން ރަނގަޅު ފީޑްބެކެތަށް ލިބިފައިވާ ކަމަށެވެ. ނަޖީބް ވިދާޅުވީ އިންޑިއާގެ ކެއުން ފޯރުކޮށްދޭ އެހެން ރެސްޓޯރެންޓްތަށް ފަދައިން އެ ރެސްޓޯރެންޓުގައި ވެސް "ސިގްނޭޗާ ޑިޝް" އެއް ލިބެން ހުންނާނެ ކަމަށެވެ.
ނަޖީބް ވިދާޅުވީ، ޕީކް ރެސްޓޯރެންޓުގެ ސިގްނޭޗާ ޑިޝް އަކީ "އިންޑިއަން ބިރިޔާނީ" ކަމަށެވެ.
"އަޅުގަނޑުމެންވާނީ އިންޑިއަން ބިރިޔަނީ މިތާ [މާގިރި ހޮޓަލް] ގެ ކަސްޓަމަރުންނަށް ސާވް ކޮށްފައި، ފީޑް ބެކް ވަރަށް ރަނގަޅު، އެމީހުން އެބަ ބުނޭ އެތަންތާގެ [އިންޑިއާ] ފައިވް ސްޓާ ހޮޓަލްތަކަށް ވުރެ މިތަނުގެ ބިރިޔާނީ ރަނގަޅުވެފަ މީރުކަމަށް" ނަޖީބް ވިދާޅުވި އެވެ.
ނަޖީބް އިތުރުން ވިދާޅުވި، ޕީކް ރެސްޓޯރެންޓުން ހަމައެކަނި ލިބެން ހުންނާނީ އިންޑިއާގެ ކެއުމުގެ ވައްތަރުތަށް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ދިވެހިންނާ ގުޅޭ އިންޓަނޭޝަނަލް ތަފާތު ރަހަތަކުގެ ކެއުމުގެ ބާވަތްވެސް އަގުހެޔޮކޮށް ލިބެން ހުންނާނެ ކަމަށެވެ.