އަމިއްލަ ފުށި ރިސޯޓް

އަމިއްލަފުށީގެ އުހުގައި ބިއްލޫރި ބޮކީގެ ވިލާއެއް!

އަލިއްލަފުށި ރިސޯޓުގައި ބިއްލޫރި ބަބްލްއަކާއެކު އުސް ވިލާއެއް ހަދައި، ހުޅުވައިފި އެވެ.

ޔުނެސްކޯ އިން ހިމާޔަތްކޮށްފައިވާ ބ. އަތޮޅުގައި ހިންގާ ފެންވަރު މަތީ މި ރިސޯޓުގައި ވިލާ ހަދާފައިވަނީ ފެހިކުލަ ގަދަ މި ރިސޯޓުގެ ގަސްކަރަ މަތި ފެންނާނެ ގޮތަށެވެ. މިގޮތުން މި ވިލާގެ މަތީގައި ބިއްލޫރިން ހަދާފައިވާ ބަބްލްގެ ނުވަތަ ބޮކިގެއަކީ މިތަނަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ ތަނެކެވެ.

ސްކައި ހައުސް ގެ ނަން ދީފައިވާ މި ވިލާ ހުޅުވައި ދެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.

ގާތްގަނޑަކަށް 12 މީޓަރު (39 ފޫޓު) އުހުގައި ހަދާފައިވާ އުސް ވިލާގައި ތިބޭއިރު ރަށުގެ ކަސްކަރަ މަތީގައި އުޅޭ ދޫނިތަކާއި ސާފު ޖައްވު ރީތިކޮށް ފެންނަން އޮވެ އެވެ. ދުއިސައްތަ ވިހި އަކަމީޓަރުގެ ސްކައި ހައުސްގައި ބޮޑު ލިވިން އޭރިއާކާއިއެކު އިންފިޓިޓީ ޕޫލެއް ވެސް އޮވެ އެވެ.

އަމިއްލަފުށި ހިންގާ ސްމޯލް އައިލެންޑް އެންޑް ކޯ އިން ބުނީ ލަކުޑި ބޭނުންކޮށްގެން ހަދާފައިވާ މިތަނުގައި އެއް ކޮޓަރީގެ އެނދަކާއެކު ޖައްވުރެ ރީތި މަންޒަރުތައް ބަލައިލަން ޝައުގުވެރިވާ މީހުންނަށް ހާއްސަ ޓެލެސްކޯޕެއް ވެސް ހުންނާނެ ކަމަށެވެ.