ލައިފްސްޓައިލް

ކްއީން އެލިޒަބަތުވެސް އިންސްޓަގްރާމް އަށް

ސޯޝަލް މީޑިއާއަކީ މައުލޫމާތ ފެތުރުމާއި މީހުން ހޭލުންތެރި ކުރުވުމަށްވެސް ގިނަ ބަޔަކު ބޭނުން ކުރާ ތަނެކެވެ. ދުނިޔޭގެ ގިނަ ބަޔަކު އެމީހުންގެ އަޑު ފަތުރަމުން އެކި އެކި މެސެޖުތައް ދިނުމަށް ބޭނުން ކުރާ އިންސްޓަގްރާމް، ރާނީ އެލިޒަބަތުވެސް ބޭނުންކުރަން ފަށައިފި އެވެ.

އެލިޒަބަތުގެ ވަކި ހާއްސަ އެކައުންޓްއެއް ނެތަސް، "ދަ ރޯޔަލް ފެމިލީ" އެކައުންޓް އިން އޭނާ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް މުޅި ދުނިޔެ އަށް ފުރަތަމަ ފަހަރަށް މެސެޖެއް ހިއްސާ ކޮށްފަ އެވެ.
ބުރާސްފަތި ދުވަހު ލަންޑަނުގެ ސައިންސް މިއުޒިއަމް އަށް ގޮސް އޭނާ ކުރި ޕޯސްޓްގައި ބުނެފައި ވަނީ، އޭނާ އެ މިއުޒިއަމް އަށް ދިޔުމުން އެތަނުން އޭނާ އަށް ފެނުނީ 1843ގައި އޭނާގެ މުނި ކާފަ އެއް ކަމަށްވާ ޕްރިންސް އެލްބަޓް އަށް ލިޔެފައިވާ ސިޓީ އެއް ކަމަށެވެ. އަދި އެ ސިޓީގެ ފޮޓޯ އެއްވެސް ނަގާ އެ ލިޔުމާއެކު އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާ ކޮށްފައިވެ އެވެ.

އެލިޒަބަތު ކުރި ޕޯސްޓު

މިއުޒިއަމްގައި ހުރެގެން އެލިޒަބެތު ކުރި މި ޕޯސްޓް އެންމެންގެ ސަމާލުކަން ހޯދި އިރު މިއީ ޝާހީ އާއިލާގެ މީހުން އާއްމުކޮށް ކޮށް އުޅޭ ކަމެއް ނޫނެވެ. ވަކި ކަހަލަ ގަވައިދު ތަކަކާއި ގާނޫނު ތަކެއް ގެންގުޅެ ސޯޝަލް މީޑިއާ އާއި ދުރު އާއިލާއެއް މިކަހަލަ ޕޯސްޓެއް ކުރުން ވެގެން ދިޔައީ ގިނަ ބަޔަކު ހައިރާން ކޮށްލި ކަމަކަށެވެ. ހާއްސަކޮށް އާއިލާގެ އެންމެ ދުވަސްވީ ފަރާތުން މިކަހަލަ ކަމެއް ކުރިތަން ފެނުމުން ތަފާތުވި އެވެ.

"ދަ ރޯޔަލް ފެމިލީ"ގެ އިންސްޓަގްރާމް އެކައުންޓު ފަސް މިލިއަނާ ގާތްކުރާ އަދަދަކަށް މީހުން ފޮލޯ ކުރެ އެވެ. މީގެ ކުރިން އޭނާ ވަނީ ޓްވިޓާ މެދުވެރިކޮށްވެސް މިކަހަލަ މެސެޖެއް ދީފަ އެވެ. އެ ޓްވީޓަށް ހަތަރު އަހަރު ފަހުން، އެލިޒަބެތު ކުރި މި ޕޯސްޓާއެކު ޝާހީ އާއިލާއަށް ސަޕޯޓު ކުރާ ފޭނުން ތިބީ ރާނީގެ އިތުރު ޕޯސްޓުތަކަށް އިންތިޒާރުކޮށްގެންނެވެ.