ހަބަރު

ސަރުކާރުގެ ބޭނުމަށް 15 ކާރު ހޯދަނީ

Mar 12, 2019
7

ދިވެހި ސަރުކާރުގެ ބޭނުމަކަށް 15 ކާރު ހޯދަން ބޭނުންވާތީ، ކާރު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ފަށައިފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނީ 15 ކާރު ސަޕްލައިކޮށް، ޑެލިވަރީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. އަދި މި ބީލަމުގައި ބައިވެރިވެވޭނީ ނޮން ރިފަންޑަބަލް ބީލަމުގެ ގޮތުގައި 1500ރ. ގެ ފީއެއް ދައްކައިގެން ކަމަށް ބުނެފައިވެ އެވެ.

އެ މިނިސްޓްރީން ބުނީ ކާރު ސަޕްލައިކޮށްދޭން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ހުރިހާ މައުލޫމާތެއް އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ. އަދި ކާރު ސަޕްލައިކޮށްދޭން ބޭނުންވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި އެއްލައްކަ ރުފިޔާ ނުވަތަ އެ އަދަދާ އެއްވަރެއްގެ ޔޫއެސްޑޮލަރު ހުށަހަޅަން ޖެހޭނެ ކަމަށެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ހުޅުވާ ދުވަހުން ފެށިގެން 148 ދުވަހެވެ. މި މަސައްކަތް ކޮށްދޭން ހުށަހަޅާ ފަރާތްތަކުގެ ބީލަން ހުޅުވުން އޮންނާނީ މިމަހުގެ 21 ވަނަ ދުވަހުގެ ބުރާސްފަތި ދުވަހުގެ 11 ޖަހާއިރު ނޭޝަނަލް ޑެންޑާ ޖަލްސާ ކުރާ މާލަމްގައި ކަމަށެވެ.

ދައުލަތުން ކާރުކޮޅު ދެނީ މިނިސްޓަރުންނާއި ބައެއް ކޮމިޝަންތަކުގެ ރައީސުން އަދި މިނިވަން މުއްސަސާތަކުގެ ވެރިންނަށެވެ.