ހަބަރު

ފުވައްމުލަކު ކުނިގޮނޑުގައި އަލިފާން ރޯވެއްޖެ

ފުވައްމުލަކު ސިޓީ ކުނިކޮނޑުގައި އަލިފާން ރޯވެ އަނދަމުން އެބަ ދެ އެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި މި ހާދިސާ ހިނގި ކަމުގެ ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު 9:48 ހާއިރު އެވެ. އަދި ރިޕޯޓް ލިބުމާއެކު ފުވައްމުލަކު ފަޔަ ސްޓޭޝަނުން އަލިފާން ނިއްވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

ފުވަައްމުލަކު ކުނިގޮނޑުުގެ އޮޕަރޭޝަންސް ސާވިސަސް އާ ހަވާލުވެ ހުންނެވި ކިފާހު އަހްމަދު ވިދާޅުވީ ކުނިގޮޑުގައި ރޯވި ކަމަށް ބެލެވެނީ ހޫނު ގަދަ ވެގެން ކަމަށެވެ. އަދި ކުޑަކޮށް ރޯވެފައިވާ ކަން އެނގުމުން އެމްއެންޑީއެފް އަށް ވަގުތުން ގުޅި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ބޮޑަށް ބެލެވެނީ ރޯވީ ހޫނުގަދަ ވެގެން ކަމަށް. މި ހަފްތާ އެއްކޮށް ދިޔައީ ހޫނު ކޮށް. އަޅުގަނޑުުމެން މި ސަރަހައްދަށް އައި އިރު ރޯވެފައި ހުރީ ކުޑަކޮށް. އެމްއެންޑީއެފް އަށް ގުޅައިގެން ހުއްޓާ ހުޅުގަނޑު ބޮޑުވީ" ކިފާހު ވިދާޅުވި އެވެ.

އަލިފާން ރޯވެފައިވަނީ ފުވައްމުލަކު އެއާޕޯޓުގެ އުތުރުން ލިންކު ރޯޑާ ދިމާ ހޭޅިފަށުގައި އޮންނަ ކުނިގޮނޑުގަ އެވެ.