މޯލްޑިވްސް ޕޮލިސް ސާވިސް

ޑްރަގާ އެކު ގެއެއްގެ ތެރެއިން 13 މީހަކު ހައްޔަރުކޮށްފި

ކޯޓު އަމުރެއްގެ ދަށުން ގަލޮޅު ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު 13 މީހަކު އިއްޔެ ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އެއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ދިވެހި ނުވަ ފިރިހެނަކާއި، ބަންގްލަދޭސް ފިރިހެނަކާއި ދިވެހި ދެ އަންހެނުންނެވެ.

ފުލުހުން ބުނީ މި 13 މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތާކެތި ކަމަށް ޝައްކު ކުރެވޭ 31 ރަބަރު ޕެކްޓްކޮޅާ އެކުގައި ކަމަށެވެ. އަދި މިހާރު ފުލުހުންގެ ޑްރަގް އެންފޯސް ޑިޕާޓްމެންޓް އިން ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން މިފަހުން ހިންގާ އޮޕަރޭޝަންތަކުގައި މަސްތުވާތަކެއްޗާއެކު ގިނަ އަދަދެއްގެ މީހުން ދަނީ ހައްޔަރު ކުރަމުންނެވެ، އެގޮތުން މިމަހު އަށް ވަނަ ދުވަހު މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ 17 މީހާކު ހައްޔަރުކޮށްފައިވާއިރު، މިމަހު ހަވަނަ ދުވަހު މަސްތުވާތަކެތީގެ ވިޔަފާޜިކުރަމުންދިޔަ 20 މީހަކު ފުލުހުންވަނީ ހައްޔަރުކޮށްފަ އެވެ. އަދި މިދިޔަ ފެބްރުއަރީ މަހު މާލޭ ތިން ގެއެއް ބަލައި ފާސްކޮސް މަސްތުވާތަކެއްޗާއެކު ޖުމްލަ 11 މީހުން ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.