ހަބަރު

ރަސްފަންނާ ދިމާލުން ބަންދުކޮށްފައި އޮތް މަގު ހުޅުވައިފި

ރަސްފަންނާއި ދިމާލުން ބަންދުކުރި ބޮޑުތަކުރުފާނު މަގުގެ ސަރަހައްދު ހުޅުވާލާފައި -- ފޮޓޯ: ހައުސިން މިނިސްޓްރީ
0%
100%
0%

ލަގްޒަރީ ފްލެޓްތަކެއް އެޅުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރަސްފަންނާއި ދިމާލުން ބޮޑުތަކުރުފާނު މަގުން ބަންދުކޮށްފައި އޮތް ސަރަހައްދު މިއަދު ހުޅުވާލައިފި އެވެ.

ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެ ސަރަހައްދު މީގެ ކުރީގެ ސަރުކާރުން ބަންދުކޮށްފައި އޮތީ ކޮރަލް ބޮލެވާޑްގެ މިކްސްޑް ޑިވެލޮޕްމެންޓް ޕްރޮޕަޓީގެ އިމާރާތްތަކެއް އެޅުމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އެތަނުގައި އެޅުމަށް ހަމަޖެހިފައި އޮތީ 28 ބުރީގެ ހަތަރު އިމާރާތެވެ. އެ އިމާރާތްތައް ހުޅުމާލެއަށް ބަދަލު ކުރުމުގެ މަޝްވަރާތަކަށް ކުރާމުންދާކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެރިކަމާއި ހަވާލުވެ، ވެވަޑައިންފައިވާ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައިވެސް، މާލެ ވަށައިގެން ދުއްވޭނެހެން ރިންގްރޯޑް ހުޅުވާލާނެ ކަމަށް ވަނީ ވައުދުވެފަ އެވެ. އަދި އެ ވައުދުފުއްދުމަށްޓަކައި އެމަސައްކަތް ކުރަމުންދާކަމަށް ހައުސިން މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފަ އެވެ.

ހައުސިން މިނިސްޓްރީން ކޮށްފައިވާ ޓުވީޓް

އެ ސަރަހައްދަކީ ގިނަ އަދަދެއްގެ ސުކޫލުތަކާއި، އައިޖީއެމް ހޮސްޕިޓަލް ހުރި ސަރަހައްދަށް ވުމާއެކު، ރަސްފަންނުން ބަންދުކޮށްފައި އޮތް ސަރަހައްދު ހުޅުވުމުން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ލުއިކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އަހަންމާ

އެމަގުގަ ދެފަރާތުގަ ބޮޑެތި ސިންގާ ލޮރީތައް ޕާކުކޮށްފަ ހުންނާތީ ހާދަ އުނދަގުލެއްވެޔޭ. މި މަގުގަ އެއްގޮތަކަށްވެސް ޕާކް ނުކުރެވޭގޮތް ހަދަންވީ.

ލަދުހަޔާތް

މާލޭސިޓީ ކައުންސިލުގަ ތިބެނީ ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތްބައެއްދޯ؟ އެތައްބޮޑު ޚަރަދެއްކޮށްގެން މަސައްކަތެއް ފަށަން ތައްޔާރުކޮށްގެންތިއްބާ އެމީހުންނަށް އެ ދިނީ ހާދަބޮޑު އަނިޔާއެކޭދޯ؟ މާލޭގެ ހުޅަނގަށް ގެނެއސްފައިއޮތް ތަރައްޤީ ފެނިފަ ލޮލުން ކަރުނަ އައީ. އެކަމާ ދެކޮޅެއް ނަހަދާނެ ހެޔޮވިސްނޭ މީހަކު

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345