ކޯޓު އަމުރެއްގެ ދަށުން ތެޔޮ ބޯޓެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އިންޓެލިޖެންސަށް އިއްޔެ ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި ތެޔޮ ބޯޓު ފާސް ކުރީ ލ. ކަލައިދޫ ބަނދަރާ ކައިރިކޮށްފައި އޮއްވާ ކަމަށާއި އެ ބޯޓުން ހައްޔަރު ކުރީ ހަތަރު ދިވެހިން ކަމަށެވެ.
ބޯޓު ބަލައި ފާސް ކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުވި އެއްޗެއް ހުރި ފިލްމް ހުސްކުރި ދަޅަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ކަމަށް ބެލެވޭ ކޮތަޅެއް ބޯޓުން ފެނިފައިވާ ކަމަށެވެ.