ވިޔަފާރި

ރާއްޖެ އިޝްތިހާރު ކުރަން ރަޝިއާގެ މިޓް ފެއާއަށް

Mar 13, 2019

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަން ރަޝިއާގައި އޮންނަ މިޓް ފެއާގައި ބައިވަރިވެއްޖެ އެވެ.

އެމްއެމްޕީއާރްސީން އިން ބުނީ މި މަހުގެ 12 އިން 14 ގެ ނިޔަލަށް ރަޝިޔާގެ މޮސްކޯގައި ކުރިއަށްދާ މޮސްކޯ އިންޓަނޭޝަނަލް ޓްރެވަލް އެންޑް ޓޫރިޒަމް އެގްޒިބިޝަން (މިޓް) ގައި ރާއްޖެ ތަމްސީލްކޮށް ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން އެ ކޯޕަރޭޝަނާއި، ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ 19 ކުންފުންޏަކުން 34 ފަރާތެއް ބައިވެރިވެފައިވާ ކަމަށެވެ.

މި ފެއާގައި ރާއްޖެގެ ސްޓޭންޑު ފަރުމާކޮށްފައި ވަނީ ރާއްޖޭގެ ގޔދުރަތީ ރީތި މަންޒަރުތައް ދައްކުވައިދޭ ގޮތަށެވެ.

މިދިޔަ އަހަރު މިޓް ފެއާގައި ދުނިޔޭގެ އެކި ގައުމުތަކުން 22،777 އަށް ވުރެ ގިނަ އިންޑަސްޓްރީ ޕްރޮފެޝަނަލްސް ވަނީ ބައިވެރިވެފަ އެވެ. ކޮންމެ އަހަރަކު ވެސް ދުނިޔޭގެ 200 އަށް ވުރެ ގިނަ ޤައުމަކުން، 1800 އަށްވުރެ ގިނަ ކުންފުނިން މި ފެއާގައި ބައިވެރިވެ އެވެ.

ޒަމާނުއްސުރެ ޓޫރިޒަމް ފެއާތައް ކަވަރު ކުރުމަށް ނޫސްވެރިންނަށް ޖާގަ ދެ އެވެ. މިޓް ފެއާ ކަވަރު ކުރަން ނޫސްވެރިންނަށް ޖާގަ ނުދޭ އިރު ނިމިގެންދިޔަ އައިޓީބީ ފެއާ އާއި ހަމައިން އެ ޖާގަ ވަނީ ހަނިކޮށްލާފަ އެވެ. މި އަހަރު އާ ސަރުކާރުން ޓޫރިޒަމް އިޝްތިހާރުގެ ބަޖެޓް ބޮޑު ކުރުމަށް ފަހު ފެއާތަކުގައި ބައިވެރި ކުރީ ވީޓިވީ އާއި ރާއްޖެ ޓީވީ އެކަންޏެވެ.