ބޮލީވުޑް

ޝާހިދު ކަޕޫރާއި މިރާ ރާޖްޕޫތް ކައިވެނިކޮށްފި

Jul 7, 2015
1

ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހިދު ކަޕޫރު ދިއްލީ އަށް ނިސްބަތްވާ މީރާ ރާކްޕޫތް އާއި ކައިވެނިކޮށްފި އެވެ.

ދެފަރާތުގެ ގާތްގަނޑަކަށް 40ހެއްހާ މީހުންގެ ކުރިމަތީގައި ޝާހިދު އާއި މީރާ ކައިވެނިކޮށްފައިވަނީ މިއަދު ހެނދުނު އެގާރަ ޖެހި އެހާއިރު އެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ވެބްސައިޓްތަކުގައިވާ ގޮތުންވާ ގޮތުން މިކައިވެނި ކޮށްފައިވަނީ ގުރަގައޮންގައި ހުންނަ މިދެމީހުންގެ ވަރަށް ގާތް އެކުވެރިއެއްގެ ގޭގަ އެވެ.

މީގެކުރިން މިހަފްލާ ބޭއްވުމަށް ހަމަޖެހިފައި އޮތީ ޕަންޖާބުގެ ގުރުގާއޮންގެ އުދްޔޯގް ވިހާރްގެ އޮބްރޯއީގަ ނަމަވެސް ކައިވެނީގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ގާތް އެކުވެރިންނާއި އާއިލާގެ ކުރިމަތީގައި އެކުވެރިއެއްގެ ގޭގަ އެވެ.

ޝާހިދު އާއި މީރާގެ ގާތް ފަރާތަކާއި ހަވާލާދީ ނޫސްތަކުގައި ވަނީ، މިހާރު މިދެމީހުންވެސް ތައްޔަރުވަމުން އަންނަނީ ކައިވެނީގެ އުފަލުގައި މިރޭ ގުރުގާއޮންގެ އުދްޔޯގް ވިހާރްގެ އޮބްރޯއީގަ ބާއްވާ ޕާޓީއަށް ކަމަށެވެ.

މިހޮޓެލް ކައިވެނި ޕާޓީ އޮންނައިރު އާދިއްތަ ދުވަހުން ފެށިގެން ދެފަރާތުގެ އާއިލާއިން އަންނަނީ މިކައިވެނީގައި ބައިވެރިވުމުގެ ގޮތުން މިހޮޓަލަށް އަންނަމުންނެވެ. އެގޮތުން އާދީއްތަ ދުވަހުގެ ވަގުތެއްގައ ޝާހިދުގެ ބައްޕަ އާއި ދޮންމަންމަ ސުޕްރިޔަ ޕަތަކް ގެ އިތުރުން ކޮއްކޮމެން މިހޮޓަލަށް ވަންނަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ވަނީ އާންމުވެފަ އެވެ.

ފަސްސަތޭކަ މެހެމާނުންނަށް ދައުވަތު ދީފައިވާ މިޕާޓީގެ ދައުވަތު ކާޑު މިދިޔަ ހަފްތާގެ ތެރޭގައި ސޯޝަލް މީޑިއާގައި ލީކކޮށްލާފައިވާއިރު، ޝާހިދު އާއި މީރާގެ ކައިވެނީގެ ހެދުން ޑިޒައިންކޮށްފައިވަނީ ކުނާލް ރަވަލް އާއި އަނާމިކާ ކަންނާ އެވެ. 

ރޭގައި މިކައިވެނީގ އެންމެ މުހިންމު ދެ ސެރެމަނީ ކަމަށްވާ ސަންގީތު އާއި ހީނާ އެޅުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު، މިހަފްލާގައި ޝާހިދު އާއި މީރާ އެކުގައި ނަށަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ވެސް ވަނީ އާންމުވެފަ އެވެ.

 އެންމެފަހުން 'ހައިދަރް' އިން ފެނިގެން ގޮސްފައިވާ ޝާހިދު އާއި މީރާގެ ހަނީމޫން ވަނީ މިހާރު ޝާހިދު ޖަޖްކުރަމުން އަންނަ ޑާންސް ރިއަލިޓީ ޝޯ 'ޖަލަކް ދިކްލާޖާ 8" އާއި ކުރިއަށް ހުރި ފިލްމުތަކުގެ ޝޫޓިން ސަބަބުން ފަސްކުރަން ޖެހިފަ އެވެ.

އުމުރުން 34 އަހަރުގެ ޝާހިދު އާއި 21 އަހަރުގެ މީރާއާ ދެމެދު އުމުރުގެ ގޮތުން 13 އަހަރުގެ ފަރަގެއް ހުންނައިރު، މީރާ ވަނީ ދާދި ފަހުން ދިއްލީ ސްރީ ރާމް ކޮލެޖްއިން ގްރެޖުއޭޓްވެފަ އެވެ. ޝާހިދު އާއި މީރާ ދިމާވެފައިވަނީ ރާދާ ސޯމޯ ސަތްސަންގް ނަމަކަށް ކިޔާ ދީނީ އަޅުކަން ކުރަ ގްރޫޕަކުންނެވެ. ޝާހިދު އާއި އޭނާގެ ބައްޕަ ޕަންކަޖް ކަޕޫރަކީ ގަވާއިދުން މިގްރޫޕް ފޮލޯކުރާ މީހުންކަމަށްވެ އެވެ.

އަންނަ އާދީއްތަ ދުވަހު ކައިވެންޏަށް ފަހު ޝާހިދު އޭނާގެ ބޮލީވުޑް އެކުވެރިންނަށް ދޭ ރިސެޕްޝަން މުމްބައި ގައި އޮންނާނެ އެވެ.