އެމްއޭސީއެލް

އާ ރާޑަރު ސިސްޓަމް ނިމުމަކާ ގާތަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ބަހައްޓާ އާ ރާޑަރު ސިސްޓަމް ނިމުމަކާ ގާތް ވެއްޖެ އެވެ.

ވެލާނާ އެއާޕޯޓް ހިންގުމާ ހަވާލުވެ ހުންނެވި ކުންފުނި ކަމަށްވާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އެއާޕޯޓްގައި ބަހައްޓައިފައިވަނީ "އެސް-ރާޑަރު" ކަމަށެވެ.

ރާޑަރުގެ ބޭނުމަކީ ވައިގެ ތެރޭގައި ދަތުރުކުރާ އުޅަނދު ފަހަރުގެ މައުލޫމާތު ހޯދުމެވެ.

އެމްއޭސީއެލް އިން ކުރިން ބުނީ ރާޑަރު ސިސްޓަމް ބަދަލު ކުރަނީ ދުނިޔޭގެ ވައިގެ ދަތުރުފަތުގެ ޖަމިއްޔާގެ މިންގަނޑުތަކަށް ފެއްތުމުގެ ގޮތުން ކަމަށެވެ. އެގޮތުން މި ބަދަލު ގެންނަން ޖެހުނީ އާ ރަންވޭ ހެދުމުން މިހާރު ރާޑަރު ސިސްޓަމް ހުރިތަން ރަންވޭއާ ކައިރިވުމުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

ރާޑަރު ބަދަލުކޮށްފައިވަނީ ވީއައިއޭގައި އާ ރަންވޭއެއް އެޅުމާ ގުޅިގެންނެވެ. "ކޯޑް އެފް" ފެންވަރަށް ތަރައްގީ ކުރި އާ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ. ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އިންނެވެ. މި ލޯނު އެއްބަސްވުމުގައި ސޮއިކުރީ 8، ޑިސެމްބަރު 2015 ވަނަ އަހަރު އެވެ. އަދި ރަންވޭ އަޅާ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ 25، ޖުލައި 2016 ގަ އެވެ.