ހަބަރު

ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި

Mar 14, 2019
3

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަށްޓެރި ސްރީލަންކާއަށް ރޭ ވަޑައިގެންފި އެވެ.

ރައީސް ނަޝީދާއެކު ރައީސް އޮފީހުގެ މިނިސްޓަރު ކެރަފާ ނަސީމް އާއި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް އަދި އެ ޕާޓީގެ ޗެއާ ޕާސަން ހަސަން ލަތީފް ވެސް އެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަތެވެ.

އެމްޑީޕީގެ އޮފިޝަލަކު "އަވަސް"އަށް ވިދާޅުވީ ރައީސް ނަޝީދު ލަންކާއަށް ވަޑައިގަތީ އެ ގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ބާއްވާ އޭޝިޔާ ޕެސިފިކް ޑިމޮކްރެޓް ޔޫނިއަން މީޓިންގައި ބައިވެރިވެވަޑައިގަތުމަށާއި އެ ހަފްލާގައި ރައީސް ނަޝީދު މިއަދު ވާހަކަދައްކަވާނެ ކަމަށެވެ.

ރައީސް ނަޝީދު ރޭ ވަނީ ލަންކާގައި ދިރިއުޅުއްވާ ބައެއް ރައްޔިތުންނާ ބައްދަލު ކުރައްވާ ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގެންފަ އެވެ. އަދި މިރޭ ވެސް މަޖިލިސް އިންތިހާބުގެ ކެމްޕެއިން ޖަލްސާއެއް އޮންނާނެ ކަމަށް މައުލޫމާތު ލިބެ އެވެ.