ކުއަލަ ލަމްޕޫރު (މާޗް 14) - އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް -އުންގެ ބޭބެ ކިމް ޖޮންގް ނަމް މެލޭޝިއާގެ އެއާޕޯޓުގައި މަރާލި ކަމުގެ ތުހުމަތުކުރެވޭ ދެވަނަ އަންހެންމީހާއަށް ކޮށްފައިވާ ދައުވާ ކުރިއަށް ގެންދިއުމަށް އެ ގައުމުގެ ބަންޑާރަ ނައިބު ނިންމަވައިފި އެވެ.
މަކޫއާ އަށް ފުރަން ގޮސް މެލޭޝިއާ އެއާޕޯޓުގައި ހުއްޓާ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކިމް މަރާލީ ވީއެކްސް ނާވް އެޖެންޓެއް އޭނާގެ މޫނުގައި ހާކައިގެންނެވެ.
ކިމް މަރާލި ކަމަށް ތުހުމަތުކޮށްފައިވާ ދެ އަންހެނުން ކަމަށްވާ ސިތި އާސިއާހް އާއި ދޯ ތި ހުއޮން، ކިމްގެ މޫނުގައި ވިހަ ހާކައި މަންޒަރު ވަނީ އެއާޕޯޓުގެ ސީސީޓީވީ ކެމެރާ ތަކަށް އަރައިފަ އެވެ.
މަކާއޯ އަށް ފުރަން ގޮސް މެލޭޝިއާ އެއާޕޯޓުގައި ހުއްޓާ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކިމް މަރާލީ ވީއެކްސް ނާވް އެޖެންޓެއް އޭނާގެ މޫނުގައި ހާކައިގެންނެވެ.
ކިމް މަރާލި ކަމަށް ތުހުމަތުކޮށްފައިވާ ދެ އަންހެނުން ކަމަށްވާ ސިތި އާސިއާހް އާއި ދޯ ތި ހުއޮން، ކިމްގެ މޫނުގައި ވިހަ ހާކައި މަންޒަރު ވަނީ އެއާޕޯޓުގެ ސީސީޓީވީ ކެމެރާ ތަކަށް އަރައިފަ އެވެ.
ނަމަވެސް، މިދިޔަ ހޯމަ ދުވަހު ބޭއްވި ޝަރީއަތުގައި، ވަކި ސަބަބެއް ބަޔާންނުކޮށް، ޕްރޮސެކިޔުޓަރުންވަނީ އާސިއާހްއަށް ދައުވާ ކުރަން ބޭނުންނުވާކަމަށް ބުނެ، ދައުވާ އަނބުރާ ގެންގޮސްފައި އެވެ. އެކަމާއި ގުޅިގެން، ކޯޓުން މިނިވަންކުރުމުން އޭނާ ވަނީ އެނބުރި އިންޑޮނީޝިއާއަށް ގޮސްފައި އެވެ.
އިންޑޮނީޝިއާ އަށް ނިސްބަތްވާ އާސިއާހް އާއި ވިއެޓްނާމް މީހެއް ކަމަށްވާ ހުއޮންގް ބުނެފައި ވަނީ އެއީ އުތުރު ކޮރެއާގެ ހީލަތްތެރި ރޭވުމެއް ކަމަށެވެ.
އެހެނަސް، ހުއޮންގް އަށް ކުރެވޭ ދައުވާ ކުރިއަށް ގެންދާނެކަމަށް އޮފިޝަލުން ވަނީ ބުނެފައި އެވެ. އެކަމާއި ގުޅިގެން ހުއޮންގްގެ ވަކީލުން ވަނީ ތަފާތުކުރުން ގެންގުޅޭކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައި އެވެ.
އުތުރު ކޮރެއާގެ ކުރީގެ ލީޑަރު ކިމް ޖޮންގް އިލް 2011 ވަނަ އަހަރު އަވަހާރަވުމާ ގުޅިގެން ވެރިކަން ލިބެން އޮތީ ނަމް އަށެވެ. ނަމަވެސް ވެރިކަން ހޯދީ އެއްބަފާ ކޮއްކޮ ކިމް ޖޮންގް އުން އެވެ. އެ މައްސަލާގައި ނަމް ވަނީ އާއިލާއާ ދުރުވެފަ އެވެ. އަދި ކިމް ޖޮންގް އުންގެ ކިބައިގައި ލީޑަޝިޕެއް ނެތް ކަމަށް ބުނެ ނަމް ވަނީ އުތުރު ކޮރެއާގެ ލީޑަރަށް ފާޑުކިޔައިފަ އެވެ. ނަމަވެސް ވެރިކަމާ ހަވާލުވުމުގެ ޝައުގުވެރިކަން ނެތް ކަމަށް ނަމް ފަހުން ބުނެފައިވެ އެވެ.
ކިމްގެ މަރާ އެއްވެސް ގުޅުމެއް ނެތް ކަމަށް ނޯތު ކޮރެއާ އިން ވަނީ ބުނެފަ އެވެ.