އެމްޓީސީސީ

މާފިނޮޅުގައި އަޅަން ނިންމި އެއާޕޯޓް ހޯރަފުއްޓަށް ބަދަލު ކުރަން ނިންމައިފި

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހއ. މާފިނޮޅުގައި ތަރައްގީ ކުރަން ނިންމާފައިވާ އެއާޕޯޓްގެ މަސައްކަތް އެ ރަށުގައި ކުރިއަށް ނުގެންދަން ނިންމައި އެ އެއާޕޯޓް ހއ. ހޯރަފުއްޓަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

މާފިނޮޅުގައި އެއާޕޯޓް އަޅާން ކުރިން ނިންމުމުން އެ މަސައްކަތް ރީޖަނަލް އެއާޕޯޓުން ހަވާލުކޮށްފައި ވަނީ އެމްޓިސީސީ އާއެވެ.

އެމްޓީސީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ ކުރީގެ ސަރުކާރުން މާފިނޮޅުގައި ތަރައްގީ ކުރަން ނިންމި އެއާޕޯޓް ހޯރަފުއްޓަށް ބަދަލުކުރީ ފެހިކަން ގަދަ ރަށްރަށުގެ ފެހިކަން ގެއްލޭނެހެން ތަރައްގީގެ މަޝްރޫއުތަށް ކުރިއަށް ނުގެންދަން ވެގެން ކަމަށާއި އެއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ނިންމެވުމެއް ކަމަށެވެ.

"މި ސާރުކާރުގެ ރައީސް ސޯލިހުގެ ވިސްނުން ފުޅަކީ ރީތި ރަށްތަށް ހަލާކު ނުކުރުން" ޝާހު ވިދާޅުވި އެވެ.

ޝާހު ވިދާޅުވީ، ހޯރަފުއްޓަކީ މިހާރުވެސް ބިން ބޮޑު ރަށަކަށްވެފައި އެރަށް ހިއްކައިގެން ބޮޑުކޮށް އެތަނުގައި އެއާޕޯޓް އެޅުމަށް އެމްޓީސީސީން ނިންމާފައިވުމުން ޕްލޭނިން މިނިސްޓްރީ މެދުވެރިކޮށް އޭގެ މަޝްވަރާތައް ރީޖަނަލް އެއާޕޯޓްސް އާއެކު ކުރަމުން ގެންދާ ކަމަށެވެ.