އެޗްއެސްބީސީ

އެޗްއެސްބީސީ މާލެ ބްރާންޗްގައި ބޭނުންކުރާ ދުވަސްވީ އެކައުންޓްތައް އުވާލަނީ

Mar 17, 2019

އެޗްއެސްބީސީ މާލެ ބްރާންޗުގައި ހުރި ބޭނުން ނުކޮށް ދުވަސްވެފައިވާ ގިނަ އެކައުންޓްތަކެއް އުވާލަން އެންމެ ފަހުގެ ފުރުސަތު ދީފި އެވެ.

އެޗްއެސްބީީސީ އިން ގެޒެޓްކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން ރާއްޖޭގެ ބޭންކިން ގާނޫނުގައި ބަޔާންކޮށްގައިވާ ގޮތަށް އެ އެކައުންޓަކުން އެއްވެސް މުއާމަލާތެއް ނުކޮށް ނުވަތަ އޭގެ ސަބަބު ބޭންކަށް ލިއުމަކުން އަންގާފައި ނުވާތާ ފަސް އަހަރު ވުމުން އެ އެކައުންޓަކީ "ޑޯމަންޓް އެކައުންޓުގެ" ގޮތުގައި ބެލެވޭނެ ކަމަށެވެ.

އެ ބޭންކުން ވަނީ ޑޯމަންޓް އެކައުންޓްގެ ގޮތުގައި ހުރެ އެއްވެސް މުއާމަލާތެއް ނުކުރާ ފަސް އަހަރުވީ ގިނަ އެކައުންޓްތަކެއްގެ ވެރި ފަރާތުން ނަންތައް އާއްމުކޮށްފަ އެވެ. އާއްމު ކުރި އެ ލިސްޓުގައި ދިވެހިންނާއި ބޭރު މީހުން ހިމެނޭ ގޮތަށް 30 އަށްވުރެ ގިނަ މީހުންގެ ނަން ހިމެނެ އެވެ.

ބޭންކުން ބުނީ އެ ފަރާތްތަކުން އެ ބޭންކަށް ކަސްޓަމަރުގެ ތަފުސީލް ފޮނުވަމުން ދިއުމަށް އެދޭ ކަމަށާއި މީގެ ނޯޓް ނޫހުގައި ޝާއިއުކުރާތާ ދެ މަސް ދުވަހުގެ ތެރޭގައި އެކައުންޓުގައި ހުރި ފައިސާއާ ހަވާލު ނުވާނަމަ ބޭންކިން ގާނޫނާ އެއްގޮތަށް އެ ފައިސާ މަރުކަޒީ ބޭންކް (އެމްއެމްއޭ) އަށް ފޮނުވާނެ ކަމަށެވެ.