ވިޔަފާރި

ކުންފުނިތަކުން ޑިވިޑެންޑު ލިބުނު ކަމަށް ރިޕޯޓްގައި ޖެހުނީ އޮޅުމަކުން: ފިނޭންސް

Mar 17, 2019
1

މިދިޔަ ހަފުތާގައި ފިނޭންސް މިނިސްޓްރީން އާއްމުކުރި ހަފުތާ ރިޕޯޓުގައި ސަރުކާރު ކުންފުނިތަކުން ޑިވިޑެންޓު ދައްކާފައިވާ ކަމަށް ރިޕޯޓުގައި ޖެހިފައިވަނީ އޮޅުމަކުން ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކުން އާއްމުކުރާ ސަރުކާރު ހަރަދާއި އާމްދަނީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން މި އަހަރުގެ މިހާތަނަށް ކުންފުނިތަކުން ޑިވިޑެންޑުގެ ގޮތުގައި 136 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން ފަހުން ވަނީ އެ ރިޕޯޓު އިސްލާހުކޮށްފަ އެވެ.

އަވަސް އިން ގެނެސްދިން ހަބަރާ ބެހޭ ގޮތުން ފިނޭންސް މިނިސްޓްރީގެ ސީނިއަ އޮފިޝަލަކު ވިދާޅުވީ މިހާތަނަށް ސަރުކާރުގެ އެއްވެސް ކުންފުންޏަކުން ޑިވިޑެންޑް ދައްކާފައި ނުވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ފަހުން ވަނީ އެ ރިޕޯޓު އިސްލާހުކޮށްފަ އެވެ. މި އަހަރުގެ ބަޖެޓުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ތަކުން ޑިވިޑެންޑުގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 874 މިލިއަން ރުފިޔާ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޑިވިޑެންޑް ދައްކަނީ ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހު އެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނައިން ޑިވިޑެންޑް ދައްކަނީ ބީއެމްއެލް އާއި ދިރާގު އަދި އެމްއޭސީއެލް އެވެ.