އެސްއެމްއީ ބޭންކް

ކުދި ވިޔަފާރިއަށް ލޯނު ދޭ ފުރަތަމަ ބޭންކް ރައީސް ހުޅުވައި ދެއްވައިފި

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ލޯނު ދޫކުރުމަށް ރާއްޖޭގައި ފުރަތަމަ ހުޅުވި ބޭންކް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހުޅުއްވައި ދެއްވައިިފި އެވެ.

ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ، އެސްއެމްއީ ބޭންކެއްގެ މަސައްކަތް ފައްޓަވައި ދެއްވީ ނޭޝަނަލް އާޓްގެލަރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެސްއެމްއީ ފައިނޭންސިން އެންޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ނަމުގައި ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏަކުން ހިންގާ މި ބޭންކު ފަށާފައިވަނީ 150 މިލިއަން ރުފިޔާގެ ރައުސުލްމާލަކާއެކުގަ އެވެ.

މިއަދު އެސްއެމްއީ ބޭންކް ފަށާނީ ހަތަރު ޕްރޮޑަކްޓްއަކާ އެކުގަ އެވެ. އެ ބޭންކްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒީނާދު ވިދާޅުވީ ކުންފުނީގެ ހިދުމަތް ފެށީ ރާއްޖޭގައި ބޭންކެއް ފެށޭނެ އަދަދު ކަމަށްވާ 150 މިލިއަން ރުފިޔާގެ ރައުސުލްމާލު އަކާއެކުގައި ކަމަށާއި ފުރަތަމަ ހަތަރު ޕްރޮޑަކްޓެއް ތައާރަފު ކުރާނެ ކަމަށެވެ. އަދި އެ ޕްރޮޑަކްތަކުގެ މައުލޫމާތު މިއަދު ހާމަކުރާނެ ކަމަށެވެ.

އެސްއެމްއީ ބޭންކްގެ ހިދުމަތަކީ ރައީސް ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގައި ވައުދުތަކުގެ ވިޔަފާރީގެ ބައިގައި ހިމެނޭ ވައުދެކެވެ. އެސްއެމްއީ ފައިނޭންސިން ކޯޕަރޭޝަނަށް ކުންފުންޏަކީ 100 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. މި ކުންފުނި އުފައްދާފައިވަނީ މާލެ އާއި އައްޑު އާއި ފުވައްމުލައް ހިމެނޭ ގޮތަށް އެއިން ކޮންމެ ސިޓީއެއްގެ ކައުންސިލަކަށް ފަސް ޕަސެންޓްގެ ހިއްސާއާ އާއެކުގަ އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި މި ބޭންކުން ލޯނު ދޫކުރާނީ ޕްރޮޕޯސަލް ހުށަހަޅުމުންނެވެ. އަދި މި ބޭންކް ހާއްސަވަނީ ކުދި ވިޔަފާރިތަކާ ރަހުމަތްތެރި ބޭންކްއަކަށް ކަމަށް ބުނެފައިވެ އެވެ. އެސްއެމްއީ ބޭންކް ހިންގާނީ ނޭޝަނަލް އާޓްގެލަރީ ކައިރީގައި ހުންނަ ހ. ސަކީނާ މަންޒިލް ތިންވަނަ ފްލޯގަ އެވެ.