އެކްސިޑެންޓް

އެކްސިޑެންޓެއްގައި ޑްރައިވަރު ސަލާމަތްވެ ޑިވައިޑަރުތައް ހަލާކުވެއްޖެ

ސިނަމާލޭ ބުރިޖާ ގުޅޭ ހައިވޭގައި ދުއްވި ޓެކްސީއެއް އެކްސިޑެންޓްވެ ހައިވޭގެ ޑިވައިޑަރުތަކުގެ ބޮޑު ބައެއް ހަލާކުވެއްޖެ އެވެ. މިއަދު ހެނދުނު ހިނގި މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާއިރު ޓެކްސީ ދުއްވަން އިން ޑްރައިވަރު ވެސް ގެއްލުމެއް ނުވެ ވަނީ ސަލާމަތް ވެފައަ އެވެ.

ފުލުހުން ބުނީ މިއަދު ހެދުނު 11:34 އެހާކަންހާއިރު އެ އެއެކްސިޑެންޓް ހިގައިފައިވަނީ ހައިވޭ ނިމޭ ހިސާބު، ހުޅުމާލެއަށް އަރާ ހިސާބުން ކަމަށެވެ،

އެކްސިޑެންޓްގައި ހައިވޭއަށް އަރާއިރު އޮންނަ ހަތަރު ލޭން ނިމޭ ހިސާބުގައި ހުރި ޑިވައިޑަރުތައް ހަލާކުވެފައިވާ ކަމަށެވެ. ހައިވޭ ބޭނުން ކުރަން ފެށި ފަހުން ހިނގާފައިވާ ތަފާތު އެކްސިޑެންޓްތަކުގައި ހައިވޭގެ ޑިވައިޑަރުތަކުގެ ބޮޑު ބައެއް މިހާތަނަށް ވަނީ ހަލާކުވެފަ އެވެ. އަދި ހައިވޭގެ ދެ ފަޅިން ފެންސްގެ ދެ ތަނެއް ވެސް ހަލާކުވެފައި ވެއެވެ.

އެކްސިޑެންޓްވި ޓެކްސީ ދުއްވަން އިނީ ލައިސަންސް އޮތް ޑްރައިވަރެކެވެ. އޭނާ ޓެކްސީކޮށްފައި ވަނީ ޓެކްސީ ހުއްދައާ ވެސް އެކު އެވެ.

މިއީ މިމަހު 10 ވަނަ ދުވަހުގެ ފަހުން ސިނަމާލޭ ބުރިޖާ ގުޅިފައިވާ ހައިވޭގައި ހިގި ފުރަތަމަ އެކްސިޑެންޓެވެ. ބްރިޖާއި ހައިވޭގައި ހެލްމެޓް އަޅަން ފަށާފައި ވަނީ މި މަހުގެ ނުވަނަ ވަނަ ދުވަހުން ފެށިގެނެވެ

ނަމަވެސް މިދިއަ ހަފުތާގެ ތެރޭގައި މާލޭގައި 53 އެކްސިޑެންޓް ހިގައިފައި ވެއެވެ.