ހަބަރު

ޓްރެވިންޑްރަމްގައި ދިވެހިން ތިބި ހޮޓަލެއްގައި އަލިފާން ރޯވުމުން އެެހީވެއްޖެ

Mar 18, 2019

ޓްރެވިންޑްރަމްގައި ދިވެހިން ތިބި ހޮޓަލެއްގައި އަލިފާން ރޯވެގެން ދިވެހި ކޮންސިއުލޭޓުން މިއަދު ދިވެހިންނަށް އެހީ ފޯރުކޮށްދީފި އެވެ.

ޓްރެވިންޑްރަމްގައި އުޅޭ ދިވެއްސަކު ބުނި ގޮތުގައި މިރޭ އިރުއޮއްސުނު ވަގުތު އަލިފާނުގެ ހާދިސާއެއް ހިނގީ ދިވެހިން އާންމުކޮށް ތިބޭ، ބީޖީ ޕްލާޒާ ހޮޓެލްގަ އެވެ. ފޮރިން މިނިސްޓްރީ އިން ބުނީ އަލިފާނުގެ ހާދިސާ ހިނގީ އެ ހޮޓަލުގެ ޓެރަސްގަ އެވެ. އެހެން ނަމަވެސް އަލިފާނުގައި އެއްވެސް ދިވެއްސަކަށް ގެއްލުންވެފައި ނުވާކަމުގެ ޔަގީންކަން ފޮރިން މިނިސްޓްރީއިން ދެ އެވެ.

އެނގިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގި ވަގުތު ވެސް 85 ވަރަކަށް ދިވެއްސަކު އެ ހޮޓަލުގައި ތިއްބެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ އަލިފާނުގެ ހާދިސާ ހިނގި ވަގުތު ހޮޓަލުން ކަރަންޓް ދިޔުމުގެ ސަބަބުން، އެ ހޮޓަލަށް އަލުން ކަރަންޓް ގުޅައިދިނުމަށް ކޮންސިއުލޭޓުން އެހީތެރިކަން ފޯރުކޮށް ދިން ކަމަށެވެ. އަދި ކުޑަ އިރުކޮޅެއްގެ ތެރޭގައި ވަނީ ރޯވި އަލިފާން ވެސް ނިއްވާލައިފަ އެވެ.