ހަބަރު

ފައިނަލް ވޯޓާސް ލިސްޓް އާންމުކޮށްފި

Mar 18, 2019

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާ މީހުންގެ ފައިނަލް ލިސްޓް މިރޭ އިލެކްޝަން ކޮމިޝަނުން އާންމުކޮށްފި އެވެ.

ފައިނަލް ލިސްޓް މިރޭ އާންމުކުރީ، ވަގުތީ ލިސްޓަށް ހުށަހެޅުނު ޝަކުވާތަކަށް ބެލުމަށްފަހު އެވެ.

އަންނަ މަހުގެ ހަވަނަ ދުވަހު ބާއްވާ އިންތިހާބަށް އެންމެ ފަހުގެ ތައްޔާރީތައް މިހާރު އިލެކްޝަން ކޮމިޝަނުން ދަނީ ވަމުންނެވެ. އެގޮތުން ވޯޓު ކަރުދާސް ޗާޕް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އިންތިހާބުގައި 300 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އެންމެ ގިނަ ކެންޑިޑޭޓުން ނުކުންނަނީ އެމްޑީޕީއިންނެވެ. އަންނަ މަޖިލީހަށް 87 މެންބަރުން އިންތިހާބު ކުރަން ޖެހެ އެވެ.

މިފަހަރު މަޖިލީހަށް އިތުރު ދެ ދާއިރާ ވަނީ އިތުރުވެފަ އެވެ. އެއީ މައްޗަންގޯޅިއަށާއި ހެންވޭރަށް އިތުރުވި ދެ ދާއިރާ އެވެ.