މިފްކޯ

އުފެއްދުންތައް އިޝްތިހާރު ކުރަން މިފްކޯގެ ދެކުނު އެމެރިކާއަށް

Mar 19, 2019

ސަރުކާރު މަސް ކުންފުނި މިފްކޯގެ އުފެއްދުންތައް އިޝްތިހާރު ކުރަން ދެކުނު އެމެރިކާ ސަރަހައްދުގައި އޮންނަ އެންމެ ބޮޑު ފެއާގައި ބައިވެރިވެއްޖެ އެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނީ ދިވެހި މަހާއި މަހުގެ އުފެއްދުންތައް އިޝްތިހާރު ކުރުމުގެ ގޮތުން ބޮސްޓަންގައި އޮންނަ ސީފުޑް އެކްސްޕޯ ނޯތު އެމެރިކާ ފެއާގައި ބައިވެރިވަމުން ގެންދާ ކަމަށެވެ. މި ފެއާގައި ދިވެހި މަހުގެ އުފެއްދުންތަކުގެ އިތުރުން ދިވެހިން މަސް ބޭނުމުގައި ބޭނުން ކުރާ ތިމާވެއްޓާއި ރަހުމަތްތެރި ގޮތްތައް ވެސް ޕްރޮމޯޓް ކުރާނެ އެވެ.

ރާއްޖެއަކީ މަސްވެރިކަން ކުރުމުގައި "ޕޯލް އެންޑް ލައިން" ބޭނުންކުރާ ދުނިޔޭގެ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ. މިފްކޯއިން މިހާރު ބައިވެރިވާ ފެއާ ކުރިއަށްދާނީ މިމަހުގެ 17 އިން 19 ގެ ނިޔަލަށެވެ.

މި ފެއާ މިއަދު ނިމޭއިރު، ފެއާގައި މަސްވެރިކަމުގެ ފަހުގެ ޓެކްނޮލޮޖީގެ އިތުރުން މަސްވެރިކަމާއި ގުޅުންހުރި ގިނަ ބާވަތްތަކެއް ވިއްކަން ބަހައްޓާފައިވެ އެވެ.

މިފްކޯއިން މިދިޔަ މަހު ވަނީ ގަލްފުގައި އޮތް އެންމެ ބޮޑު އެއް މަސްވެރިކަމުގެ ފެއާގައި ވެސް ބައިވެރިފަ އެވެ. ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި ކުރިއަށް ދިޔަ ގަލްފް ޓްރޭޑް ޝޯ އޮތީ މިދިޔަ މަހުގެ 17 އިން 21 ގެ ނިޔަލަށެވެ. މިއީ ދުނިޔޭގައި މިގޮތަށް ބާއްވާ އެންމެ ބޮޑު އެއް ފެއާ އެވެ.