ބޮލީވުޑްގެ ބަތަލާ، ސަލްމާން ޚާން އަމިއްލަ ޓީވީ އެއް އުފައްދުމުގެ މަސައްކަތް ފަށައިފި އެވެ.
ބޮލީވުޑްގެ އެންމެ ފަހުގެ ހަބަރުތައް ބުނި ގޮތުގައިި، ސަލްމާނު އުފައްދަން ހަމަޖެހިފައިވާ ޓީވީ ޗެނެލްގެ ނަމަކީ އެސްކޭޓީވީ އެވެ. އެސްކޭ އަކީ އޭނާގެ ނަމުގެ އިނިޝިއަލް ކަމުން އެއީ އޭނާގެ ނަަމާ ގުޅުވައިގެން އުފައްދާ ޗެނަލް އެއް ކަން އެނގެ އެވެ. އެސްކޭއަކީ އޭނާގެ ނަމުގެ ދެ އިނިޝިއަލްސް އެވެ.
އެސްކޭގެ ނަމުގައި ސަލްމާން އުފައްދާ ޓީވީ ޗެނަަލްގައި ދައްކާނީ ކޮން ކަހަލަ ކޮންޓެންޓް އެއް ކަމެއް އަދި ނުބުނެ އެވެ. ސަލްމާން ވަނީ ކުޅުނު ހުރިހާ ފިލްމެއްގެ ރައިޓްސް ވެސް ހޯދަން ވެސް މީގެ ކުރިން މަސައްކަތް ކޮށްފަ އެވެ. އަދި، ފިލްމު ތަކުގެ ރައިޓްސް ހޮދަން މަސައްކަތް ކުރި ސަބަބަކީ އޭނާގެ ޗެނަލް މެދުވެރިކޮށް ހުރިހާ ފިލްމުތައް އެއް ތަނަކުން ދެއްކުން ކަމަށް ހަބަރުތަކުން ބުނެ އެވެ.
ޓީވީ ޗެނެލެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، ސަލްމާން ވަނީ ޓީވީ އުފެއްދުންތައް ގެނެސްދޭން ހާއްސަކޮށްގެން ސަލްމާން ހާން ޓެލެވިޝަންގެ ނަމުގައި ކުންފުންޏެއް ވެސް ރަޖިސްޓާކޮށްފަ އެވެ. ސޮނީ ޓީވީން މިހާރު ގެނެސްދޭ ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" އަކީ ސަލްމާންގެ ކުންފުނިން ޕްރޮޑިއުސްކުރާ ޝޯއެކެވެ.
އެސްކޭ ނަމުގައިި ޓީވީ ޗެނަލް އެއް ގެންނަން މަސައްކަތް ފަށާފައިވާ އިރު، އެސްކޭ ފިލްމްސްގެ ނަމުގައި ފިލްމު ކުންފުންޏެއް ވެސް އޭނާ ހިންގަ އެވެ. އެ ޕްރޮޑަކްޝަންގެ ދަށުންން ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ގެނެސް ދޭނީ މި މަހުގެ 29 ގައި ރިލީޒް ކުރާ ފިލްމު "ނޯޓްބުކް" އެވެ.
އޭނާ ދެން އެންމެ އަވަހަށް ސްކްރީނުން ފެންނާނީ ފިތުރު އީދުގައި ރިލީޒް ކުރާ "ބާރަތު" އިންނެވެ.