ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ފުލުހުންގެ އިސްވެރިންނާ ރައީސް ބައްދަލު ކުރައްވައިފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ފުލުހުންގެ މުއައްސަސާގެ އިސްވެރިންނާ ބައްދަލު ކުރައްވައިފި އެވެ.

ރައީސް ސޯލިހާއެކު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ރައީސް ސޯލިހު ވަނީ ފުލުހުންގެ އެކި ޑިޕާޓްމެންޓްތަކުގެ އިސްވެރިންނާ މިއަދު ބައްދަލު ކުރައްވާފަ އެވެ. ދާދިފަހުން ބޭއްވި މިފަދަ އެހެން ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފަ ވަނީ ރާއްޖޭގެ ކޮންމެ ރަށެއްގައި ފުލުސް އޮފީހެއް ގާއިމްކޮށް ފުލުހުންގެ އަދަދުވެސް އިތުރުކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެެވެ.