ވިޔަފާރި

އުރީދޫ ކަސްޓަަމަރުންނަށް އެމޭޒަންގެ ހަ މަހުގެ ވީޑިއޯ ހިލޭ!

Mar 20, 2019

އެމޭޒަން އާއި ގުޅިގެން އުރީދޫ މޯލްޑިވްސް ގުޅިގެން ޕޯސްޓްޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް ހަ މަސް ދުވަހުގެ ޕްރައިމް ވީޑިއޯ މެމްބަޝިޕް ހިލޭ ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އުރީދޫގެ ސުޕަނެޓް ކަސްޓަމަރުންނަށް އަދި ޕޯސްޓްޕެއިޑް 1000 އިން މަތީގެ ޕްލޭނެއް ހިޔާރުކުރާ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް އައު ކަސްޓަމަރުންނަށް ވެސް ފައިދާތަކެއް އެކުލަވައިގެން ފަރުމާކޮށްފައިވާ މި އޮފާ މެދުވެރިކޮށް ކަސްޓަމަރުންގެ ޕެކޭޖުގެ ތެރެއިން އެއްވެސް އިތުރު އަގަކާއި ނުލާ އެމޭޒަން ޕްރައިމް ވީޑިއޯ އަށް އަންލިމިޓެޑް އެކްސެސް ލިބޭނެ އެވެ.

މި އޮފާގެ ބޭނުން ހިފުމަށް

1. މި އޮފާ އަށް ޝަރުތުހަމަނުވާ ކަމުގައި ވާނަމަ، ރާއްޖޭގެ 60 ޕަސެންޓަށް މިހާރު ހުޅުވާލެވިފައިވާ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖެއް ހިޔާރުކުރެއްވޭނެ. ނުވަތަ، އަންލިމިޓެޑް ކޯލް، އަންލިމިޑެޓް އެސް-އެމް-އެސް އަދި މާކެޓުގެ އެންމެ ފުރިހަމަ ޑޭޓާ އެލަވަންސްތައް ހިމެނޭ އުރީދޫ ޕޯސްޓްޕެއިޑް 1000، 1499 ނުވަތަ 1999ގެ ޕްލޭނެއް ހިޔާރުކުރެއްވޭނެ.

2. މައި އުރީދޫ އެޕް، އުރީދޫ ވެބްސައިޓް، ނުވަތަ ސުޕަނެޓް ޕޯޓަލް މެދުވެރިކޮށް އެމޭޒަން ޕްރައިމް ވީޑިއޯ އަށް ސައިން އަޕް ކުރެވޭނެ. އުރީދޫ މެދުވެރިކޮށް، ކުރިން މި ހިދުމަތް ހިޔާރުކޮށްފައިވާނަމަ، ކަސްޓަމަރަށް ލިބެންވާ ހިލޭ މެމްބަޝިޕް، އުރީދޫ އިން އެކްޓިވޭޓްކޮށްލެވޭނެ

3. ޕްރައިމް ވީޑިއޯ އެޕް މެދުވެރިކޮށް، ދުނިޔޭގެ މަޤްބޫލުކަން ހޯދާފައިވާ ފިލްމް، ޓީވީޝޯ، ސްޓޭންޑް އަޕް ކޮމެޑީ، ކުޑަކުދިންގެ ޝޯތައް އަދި ބައިނަލްއަޤްވާމީ އެވޯޑުތައް ލިބިފައިވާ އެމޭޒަން ޕްރައިމް އޮރިޖިނަލް ޝޯތައް ބައްލަވާލެވޭނެ.

އުރީދޫ މޯލްޑިވްސް އާއި އެމޭޒަން ޕްރައިމް ވީޑިއޯ ގުޅިގެން، ފާއިތުވެދިޔަ ޑިސެމްބަރު މަހު ވަނީ ރާއްޖޭގައި އެމޭޒަން ޕްރައިމް ވީޑިއޯ ފަސޭހަކަމާއި އެކު ހޯދޭ ހިދުމަތެއް ތަޢާރަފްކޮށްފަ އެވެ. މި ހިދުމަތާއެކު އުރީދޫގެ މޯބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުން އެމޭޒަން ޕްރައިމް ވީޑިއޯގެ އަޖުމަބެލުމުގެ ގޮތުން މުޅިންހިލޭ ހަތް ދުވަހު ބޭނުންކުރެއްވުމަށްފަހު ފުރަތަމަ ހަ މަހަށް، މަހަކު އެންމެ 49 ރުފިޔާގެ، ފީއަކަށް އެމޭޒަން ޕްރައިމް ވީޑިއޯގެ ހިދުމަތް ބޭނުން ކުރެއްވޭނެއެވެ. މީގެއިތުރުން ޕްރައިމް ވީޑިއޯ މެމްބަރޝިޕް ހިދުމަތް ބޭނުންކުރެއްވުމަށް 5ޖީބީގެ ޑޭޓާއާއިއެކު މަހަކު އެންމެ 191 ރުފިޔާގެ އޮފާއެއްވެސް އުރީދޫގެ ކަސްޓަމަރުންނަށް ލިބިވަޑައިގަންނަވާނެ އެވެ.

އެމޭޒަން ޕްރައިމް ވީޑިއޯއަކީ މަޝްހޫރު ފިލްމުތަކާއި ޓީވީ އެޕިސޯޑްތައް އަދި އެތަކެއް އެވޯޑް ލިބިފައިވާ ޕްރައިމް އޮރިޖިނަލްފަދަ މުނިފޫހިފިލުވަދޭ ކޮންޓެންޓް އެކުލެވިފައިވާ އޮން-ޑިމާންޑް ވީޑިއޯ ހިދުމަތެކެވެ. ކޮންމެތާކު ހުރެގެން ކޮންމެ ވަގުތެއްގައި ވެސް ފަސޭހަކަމާއެކު ސްޓްރީމްކޮށް ޑައުންލޯޑްކޮށްލުމުގެ މަގުފަހިވެގެންދާ މިޚިދުމަތުގައި ހިމެނޭ ވީޑިއޯތަކުގެ ތެރޭގައި ޓޮމް ކްލެންސީސް ޖެކް ރަޔަން، ދަ މާވެލަސް މިސިޒް މެއިޒަލް، ދަމޭން އިންދަ ހައި ކާސްލް، ހޯމްކަމިން، ދަ ގްރޭންޑް ޓުއާ ފަދަ ސީރީޒްތައް ހިމެނެއެވެ. ޕްރައިމް ވީޑިއޯ ބެއްލެވުމަށް އައިއޯއެސް އަދި އެންޑްރޮއިޑް ފޯނާއި ޓެބްލެޓް މެދުވެރިކޮށް ޕްރައިމް ވީޑިއޯ އެޕް ބޭނުންކުރައްވައިގެން، ނުވަތަ ސްމާޓް ޓީވީ އަދި ގޭމިންގ ކޮންސޯލް މެދުވެރިކޮށް primevideo.com އަށް ޒިޔާރަތް ކުރައްވައިގެން ވެސް މި ހިދުމަތް ބޭނުންކުރެއްވޭނެ އެވެ. އެމޭޒަން ޕްރައިމް ވީޑިއޯއަށް ޝައުގުވެރިވާ އުރީދޫގެ ކަސްޓަމަރުންނަށް ލިބެންހުރި އޮފަރތަކާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް www.ooredoo.mv/prime-video ޒިޔާރަތްކުރެއްވުމުން، ނުވަތަ 929 އަށް ގުޅުއްވުމުން މި މަޢުލޫމާތު ލިބިވަޑައިގަންނަވާނެ އެވެ.