ހަބަރު

ގުޅުން ބަދަހިކުރަން ކުރާ މަސައްކަތަށް ތައުރީފު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރާއްޖޭގެ ވެރިކަމާއި ހަވާލުވުމަށްފަހު ބައިނަލް އަގުވާމީ މުޖުތަމައާ އޮތް ގުޅުން ރަނގަޅު ކުރަން ކުރާ މަސައްކަތަށް އިނގިރޭސި ވިލާތުން މަރުހަބާ ކިޔައިފި އެވެ.

އދ. ގެ އިންސާނީ ހައްގުތަކާއި ގުޅޭ ކައުންސިލްގައި އިނގިރޭސިވިލާތުން ދިން ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ އަހަރުގެ ބޭއްވި ރިޔާސީ އިންތިހާބަށްފަހު ބައިނަލް އަގުވާމީ މުޖުތަމައާ އޮންނަ ގުޅުން ރަނގަޅުކޮށް، ރާއްޖޭގެ ޑެމޮކްރަސީ ހަރުދަނާ ކުރުމަށް ރާއްޖެއިން ކުރާ މަސައްކަތަށް މަރުހަބާ ކިޔާ ކަމަށެވެ.

މީގެ އިތުރުން، ޑިމޮކްރެޓިކް މުޖްތަމައެއް ބިނާ ކުރުމަށް އދ. ގެ އިންސާނީ ހައްގުތަކާއި ބެހޭ ހައިކޮމިޝަނަރުގެ އޮފީހާއި، އިންސާނީ ހައްގުތަކާބެހޭ އޮނިގަނޑުގެ ފުރިހަމަ ބޭނުން ރާއްޖެއިން ހިފުމަށް އެ ގައުމުން ވަނީ ރާއްޖެއަށް ގޮވާލާފަ އެވެ.