ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފޮރިން މިނިސްޓްރީ

ބޭރުގައި ތިބި 73 ދިވެއްސަކު ގެންނަނީ

May 27, 2020
1

ރާއްޖެ ނާދެވި ދެ ގަައުމެއްގަައި ތިބި 73 ދިވެހިން ރާއްޖެ ގެނެސްދޭން ނިންމަައިފި އެވެ.

އެއީ ބެލަރޫސްގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ 50 މީހަކާއި އިނގިރޭސިވިލާތުގައި ތިބި 23 ދިވެއްސެކެވެ. އެ މީހުން ރާއްޖެ ގެންނަނީ އަންނަ އާދީއްތަ ދުވަހު އެވެ.

މި އެންމެން ދަތުރު ކުރާނީ ސްރީލަންކަން އެއަލައިންސްގައި ލަންޑަނުންނެވެ. ބެލަރޫސްގައި ތިބި މީހުން މި ފްލައިޓަށް ކަނެޓްވުމަށް ހޮނިހިރު ދުވަހު މިންސްކް އިން ލަންޑަނަށް ދާނެ އެވެ.

މި ފްލައިޓްގައި އަންނަ ދިވެހިން ޓިކެޓަށް ހަރަދު ކުރަނީ އަމިއްލަ އަށެވެ. އެ މީހުން ރާއްޖެ އައުމުން 14 ދުވަހަށް ކަރަންޓީނު ކުރާނެ އެވެ.