ވިޔަފާރި

ދައުލަތުގެ އިންޓާނަލް އޮޑިޓް ކޮމެޓީ އެކުލަވާލައިި، ފުރަތަމަ ބައްދަލުން ބާއްވައިފި

Mar 23, 2019
3

ދައުލަތުގެ އިންޓާނަލް އޮޑިޓް ކޮމެޓީ ފިނޭންސް މިނިސްޓްރީން އެކުލަވާލައި، ފުރަތަމަ ބައްދަލުވުން ބާއްވައިފި އެވެ.

ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން އެކުލަވާލި، ދައުލަތުގެ އިންޓާނަލް އޮޑިޓް ކޮމެޓީގައި ހިމެނިވަޑައިގަންވަނީ:

1- އަހުމަދު ޝަރީފު (ފިނޭންސް މިނިސްޓްރީ) މުގައްރިރު
2- އަހުމަދު އާޒާދު (ފިނޭންސް މިނިސްޓްރީ)
3- މުހައްމަދު އިނާޒް (ފިނޭންސް މިނިސްޓްރީ)
4- އިބްރާހިމް ފަޒީލް (އޮޑިޓަ ޖެނެރަލްގެ މަންދޫބު)
5- އަހުމަދު ޔާމީން (އޭސީސީގެ މަންދޫބު)
6- ހަސަން މުހައްމަދު (ޕްރައިވެޓް ސެކްޓާގެ ފަރާތުން)
7- މުހައްމަދު ޒައީން (ޕްރައިވެޓް ސެކްޓާގެ ފަރާތުން)
8- އައިޝަތު އަބްދުﷲ (ފިނޭންސް މިނިސްޓްރީ)

ފިނޭންސް މިނިސްޓްރީން ދައުލަތުގެ އޮޑިޓް ކޮމެޓީ އަލުން އެކުލަވާލާފައިވަނީ ފިނޭންސް މިނިސްޓްރީގެ ހަތަރު މެންބަރުންނާއި އޮޑިޓަ ޖެނެރަލް އަދި އަމިއްލަ ފަރާތްތައް ތަމްސީލް ކުރާ މެންބަރެއް ހިމެނޭ ގޮތަށެވެ،. މި ކޮމެޓީގެ މުގައްރިރަކީ ފިނޭންސް މިނިސްޓްރީގެ އަހުމަދު ޝަރީފު އެވެ.

އޮޑިޓް ކޮމެޓީއަކީ ޕަބްލިކް ބޭންކްތަކާއި ޕަބްލިކް ފަންޑުތަކާއި ދައުލަތުގެ މާލީ ހިސާބުތަކުގެ ސައްހަކަން ކަށަވަރުކޮށް ވިލަރެސް ކުރާނެ ކޮމެޓީ އެކެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އޮޑިޓް ކޮމެޓީ އިން ދައުލަތުގެ އެންމެހައި އޮފީސްތަކާއި އެ އޮފީސްތަކުގެ އިދާރާތަކުގައި ހުންނަ އެންމެހައި ރިސްކު ނުވަތަ މާލީ ހިންގުމަށްކުރާ ނުރަނގަޅު އަސަރުތައް ދެނެގަނެ، އެ އޮފީސްތަކުގައި ހުންނަ މުދަލާއި ފައިސާ އެ ހިސާބުތަކާއި ލިޔެކިއުންތައް ބަލައްޓަނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށްތޯ ބަލައި ވިލަރެސް ކުރާނެ ކަމަށެވެ.