ހަބަރު

ފުވައްމުލަކުގައި ކުއްޖަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

Mar 24, 2019
2

ފުވައްމުލަކުގައި ކުއްޖަކަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ ފުވައްމުލަކު ހޯދަޑު އަވަށު ގެސްޓްހައުސްއެއްގެ ކުރިމަތީ ޒަހަމްކޮށްލާފައި އޮއްވާ ފެނިފައި ވަނީ 17 އަހަރުގެ ކުއްޖަކު ކަމަށެވެ. އޭނާގެ ބޮލަށާއި އަތަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރޭ ފަތިހުގެ ވަގުތުގައި ފެނުނު މި ޒުވާނާއަށް ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ އިރު، އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.