ހަބަރު

ފުވައްމުލަކުގައި ވަޅި ޖެހީ 15 އަހަރުގެ ކުއްޖެއް

ފުވައްމުލަކުގައި ޒުވާނެއްގެ ގަޔަށް ވަޅިހަރައި ޒަހަމްކޮށްލައިފި އެވެ. އެ މައްސަލަގައި ފުލުހުން މިހާރުވަނީ ކުއްޖަކު ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނީ މިރޭ 8:50 އެހާކަންހާއިރު ހިނގި އެ މާރާމާރީގައި ވަޅިން ހަމަލާދީ ޒަހަމްކޮށްލީ 18 އަހަރުގެ ޒުވާނެކެވެ. އޭނާއަށް ފުވައްމުލަކު ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާދެމުން އެވެ. ފުލުހުން ބުނީ، އެ ޒުވާނާ ގަޔަށް ވަޅި ޖެހީ އޭނާ ގެއެއްގެ ތެރޭގައި ހުއްޓާ ކަމަށެވެ.

އެ މާރާމާރީގެ ތުހުމަތުގައި ހައްޔަރު ކުރީ، 15 އަހަރުގެ ކުއްޖެކެވެ.