ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރާއްޖޭގައި ޔޫއޭއީ އެމްބަސީއެއް ހަދަން މަޝްވަރާކޮށްފި

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ އެމްބަސީއެއް ރާއްޖޭގައި ގާއިމުކުރުމަށް އެ ގައުމުގެ ސަފީރު ޑރ. ސައީދު މުހައްމަދު އަލީ އަލްޝަމްސީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާ މަޝްވަރާ ކުރައްވައިފި އެވެ.

ޔޫއޭއީ ސަފީރު ޑރ. ސައީދު މުހައްމަދު އަލީ އަލްޝަމްސީ، އެމަނިކުފާނުގެ ފަތްކޮޅު ރައީސް ސޯލިހުއަށް އެރެވުމުގެ ގޮތުން މިއަދު ރައީސް އޮފީހުގައ ބޭއްވި ރަސްމިއްޔާތުގައިވަނީ ރާއްޖޭގެ އެމްބަސީ ގާއިމްކުރާނެ ތަނެއް ކަނޑައެޅުމުގެ ކަންތައްތަކުގައި ރާއްޖޭގެ ފޮރިން މިނިސްޓްރީން ދެއްވަމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފަ އެވެ.

ޔޫއޭއީގައި އެމްބަސީއެއް ގާއިމްކުރުމާ ބެހޭގޮތުން މިއަދު މަޝްވަރާ ކުރެއްވިއިރު، ފޮރިން މިނިސްޓްރީން ވަނީ ދިވެހިންނަށް ވިސާ އާއި ނުލައި ޔޫއޭއީ އަށް ދަތުރު ކުރެވޭނެކަން މިދިޔަ ޑިސެމްބަރު މަހު 31 ވަނަ ދުވަހު ބުނެފަ އެވެ. ރައީސް ސޯލިހުވެސް ވަނީ ޖެނުއަރީ 13 ވަނަ ދުވަހު ޔޫއޭއީ އަށް ދަތުރުފުޅެއް ކުރައްވާފަ އެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ޔޫއޭއީގެ ސަފީރު ވަނީ ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއިންނާއި ފަތުރުވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހި ކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފަ އެވެ. އަދި ދެގައުމުގެ ގުޅުން މިހާރަށްވުރެ އިތުރަށް ބަދަހިވެގެންދާނެ ކަމަށްވެސް އުއްމީދުކުރައްވާކަމަށް ރައީސް ސޯލިހުގެ އަރިހުގައި ދަންނަވާފަ އެވެ.