ހަބަރު

ހެޕީ މާކެޓް: ވިހެއުމުން ހަ މަހުގެ ޗުއްޓީ ދޭ ފުރަތަމަ އަމިއްލަ ކުންފުނި

Mar 25, 2019
2
0%
0%
0%

ވިހެއުމުން ހަ މަހުގެ ޗުއްޓީ ދޭން ނިންމި ފުރަތަމަ އަމިއްލަ ކުންފުންޏަކަށް ހެޕީ މާކެޓް ވެއްޖެ އެވެ.

ހަ މަހުގެ ޗުއްޓީއެއް އަންހެނުންނަށް ދޭން އެ ކުންފުނިން ނިންމާފައިވާއިރު އަނބިމީހާ ވިހެއުމުން ފިރިންނަށް އެއް މަހުގެ ޗުއްޓީ ދޭން ވެސް ވަނީ ނިންމާފަ އެވެ.

ސަރުކާރުގެ މުވައްޒަފުންނަށް މި ޗުއްޓީ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނު ވަނީ އެ ޗުއްޓީ ދޭން ފައްޓަވާފަ އެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވެސް އެ ޗުއްޓީ ދިނުމަށް އިލްތިމާސްކުރައްވާފަ އެވެ.

އެއާ ގުޅިގެން ވަރަށް ގިނަ ސަރުކާރު ކުންފުނިތަކުން ވަނީ ހަ މަހުގެ ޗުއްޓީ ދޭން ނިންމާފަ އެވެ. އެކަމަކު، އަމިއްލަ ކުންފުންޏަކުން މި ނިންމުން ނިންމި މިއީ ފުރަތަމަ ފަހަރެވެ.

ހެޕީ މާކެޓްގެ ސީއީއޯ އަލީ އިހްސާން ވިދާޅުވި ގޮތުގައި އެ ކުންފުނިން ހަ މަހުގެ ޗުއްޓީއެއް ދޭން ނިންމީ ހީވަގި މަސައްކަތް ކުރާ މަންމައިންގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345