އެޗްއާރްސީއެމް

ދޮށީ އުމުރުގެ މީހުންގެ މަރުކަޒުގެ ހާލަތު އެޗްއާރްސީއެމްއިން ބަލަނީ

ދޮށީ އުމުރުގެ މީހުން ގެންގުޅޭ މަރުކަޒުތަކަށް ހިޔުމަން ރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ޒިޔާރަތް ކުރަން ނިންމާފައިވާ ކަމަށް އެކޮމިޝަނުން ބުނެފި އެވެ.

އެޗްއާރްސީއެމް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މިފަހަކަށް އައިސް އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަށް ބަލަހައްޓާ މަރުކަޒުތަކަށް ޒިޔާރަތް ކުރަން ނިންމައިފައި ވަނީ އެފަރާތްތަކުގެ ހައްގުތަށް އެމަރުކަޒުތަކުން ކަށަވަރު ކުރޭތޭ ބެލުމަަށް ކަމަށެވެ.

އެނޫސް ބަޔާނުގައި އެޗްއާރްސީއެމް އިން ބުނެފައިވަނީ މިފަހަކަށް އައިސް އެކޮމިޝަނަށް ހުށަހެޅޭ މައްސަލަ ތަކުގެ ތެރޭގައި، އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީ އަށް ބޭނުންވާ ފަރާތްތަކަށް އިހްމާލުވަމުންދާ ކަމުގެ މައްސަލަ ގިނަ އަދަދަކަށް ހުށަހެޅިފައިވާ ކަމަށެވެ. ބަޔާން ނިންމާލަމުން އެޗްއާރްސީއެމް ބުނެފަ ވަނީ، އުމުރުން ދުވަސްވީ މީހުންނާއި ޙާއްސަ އެޙީއަށް ބޭނުންވާ ބެލެހެއްޓުމުގެ ޒިންމާވާ ފަރާތްތަށް ޒިންމާ ރަނގަޅަށް އަދާކުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ދިވެހި ރާއްޖޭގެ ގާނޫނު ތަކާއި ގަވާއިދުތަކާއި، އެއްގޮތްވާ ގޮތުގެ މަތިން އެފަދަ ފަރާތްތަކުގެ ޒިންމާ އަދާކުރުމަށްވެސް އިލްތިމާސްކޮށްފަ އެވެ.

އެޗްއާރްސީއެމްއިން އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަށް ބަލަހައްޓާ މަރުކަޒުތަކަށް ޒިޔާރަތް ކުރަން ނިންމާފައިވާއިރު، މިއަރުގެ ޖެނުއަރީ މަހު ޖެންޑާ މިނިސްޓްރީން އާއްމުކުރި ތަފާސް ހިސާބުގައ ވާގޮތުން ހާއްސަ އެހީ އަށް ބޭނުންވާ މީހުނަށް އިހްމާލުވި ކަމުގެ 31 މައްސަލަ އެއް އެމިނިސްޓްރީއަށް ހުށަހަޅާފަ އެވެ.